ޚަބަރު
ރައީސް މުއިއްޒުގެ އަމާޒު – ރާއްޖެ ނުދެކޭފަދަ 5 އަހަރަކަށް!

ތަރައްގީގެ މަގުގައި ރާއްޖެ އެހެން މިސްރާބަކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހިފާފައިވާ އަމާޒަކީ ފަހުގެ ތާރީހުގައި މި ގައުމުގެ ވަލިއްޔުލް އަމުރުކަމާއި ހަވާލުވެހުރި ވެރިއެއްގެ ވިސްނުންފުޅުގައި ހުރި ކަންކަމެއް ނޫނެވެ. އެމަނިކުފާނުގެ އަމާޒު ވަރަށްވެސް ތަފާތެވެ. ވިސްނުންފުޅާއި ހިކުމަތުގެ އަމަލީން ގައުމު ހަމަ މަގަށް އަޅުވާ ގައުމީ ރޫހު އާލާކޮށް ގައުމުގެ ސަފުން ދިވެހީންނަށް ހަނގީގީ މިނިވަންކަމާއި، އާރޯކަމާއި ތާޒާކަން ހޯދައި ދިނުމަކީވެސް ރައީސް މުއިއްޒުގެ އުއްމީދީ މި ދަތުރުގެ ސަމުގާކަން ޔަގީނެވެ.

މުޅި ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެން ދިވެހިންގެ ހިތުގެ އުއްމީދުތައް ދިރުވާ އުއްމީދީ ދަތުރުގެ ނަވަށް ބަރުކުރަމުން އަންނަ މި ސަރުކާރުން މިއަދު ފަށާފައިވާ މަސައްކަތަކީ ވެރިކަމުގެ ނިޒާމުގެ ތެރެއިން މަޖިލީހުގެ ބާރުވެރިކަން ސަރުކާރަށް ހޯދުމަށް ފަށާފައިވާ މަސައްކަތެކެވެ. މި ބުރަ ބޮޑު މަސައްކަތަށް ކަމަރުބަދެގެން ރައީސް މުއިއްޒުއާއި، އެމަނިކުފާނުގެ ޓީމުން ނުކުތީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ތައްޔާރުވެ ހުރިހާ އޮޑިއެއް ފުރަން ބަނދަރަށް ނުކުމެ އޮތް މިދަނޑިވަޅުގެވެ.

ރައީސްވެސް މި މަސައްކަތުގައި އަމަލީ ގޮތުން ޝާމިލް ވެ ވަޑައިގެންނަވައެވެ. އެއްގެއިން އަނެއް ގެއަށް، އެއް ރަށުން އަނެއް ރަށަށް، ރައްޔިތުންނާ ބައްދަލުކުރައްވަން ވަޑައިގެން ރައްޔިތުންނަށް އުއްމީދީ ދަތުރުގެ ފޮނިކަމާއި އެ ދަތުރުގެ އަމާން މިސްރާބަށް ފޯރާނެ މަގު ވެސް ދަނީ ދައްކަވަމުންނެވެ. އަދި އެ މަގު އިހްތިޔާރު ކުރުމަށް ތަކުރާރުކޮށް ރައްޔިތުންނަށް ފަރާތުން ވަނީ އެދިވަޑައިގެންފައެވެ.

އެގޮތުން ރައީސްގެ އަޑު ޕޯޑިއަމްތަކުން އިވިގެންދާއިރު، ރައީސްގެ ސްޕީޗްތަކަކީ ވަރަށްވެސް އޮމާން ތަރައްގީގެ ވިސްނުންތައް ހުރި، ހިތްތަކުގައި ރައްޔިތުން އެދިއެދި އޮތް ތަރައްގީއާއި ތަމައްދުންގެ ހެޔޮ ފާލެއްކަމުގައި ބެލެވެއެވެ. ތަރައްގީގެ މަލަމަތި ބަލަމުންދާ ދިވެހިންނަށް އަވަސް މިސްރާބެއްގައި ބޯޓު ބަނދަރު ކުރާނީވެސް ސަރުކާރުގެ އޮޑިއަށް އަރައިގެން ކަމަށްވެސް ރައީސް ގެންދަވަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ރައީސް ވިދާޅުވީ މިހާރު ރައްޔިތުނަށް މިއޮތީ ރަނުގެ ފުރުސަތެއް ލިބިފައި ކަމަށާއި، އެފުރުސަތުގެ ބޭނުން ރަނގަޅު ގޮތުގައި ހިފުމަށެވެ. ނިމިދިޔަ ފަސް އަހަރު މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮވެ މާލޭގެ ރައްޔިތުންނަށް މާލޭގެ ގޮޑިތަކުގައި ތިިބި އެމްޑީޕީގެ މެންބަރުންނަށް ގެދޮރުވެރިކަމުގެ މައްސަލަ ހައްލެއް ނުކޮށްދެވުނު ކަމަށާއި، މިކަމަށް ހައްލު ގެނެވޭނީވެސް ހަމަ މި އޯގާތެރި ސަރުކާރަށް ކަމަށެވެ.

އެކަންކަމަކީ  ދައުރު ނިމެން ދެތިން ދުވަހަކަށް ވުމުން ކުރަން ރަނގަޅު ކަނތައްތަކެއްނޫން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.  ރައީސް ވިދާޅުވީ ކަމެއް ކޮށްދެއްޏާ ދައުރު ފެށުމާއިއެކު ކޮށްދިނުމަށާއި، އެހެންނޫނީ ދައުރު ނީމޭއިރުވެސް ހުންނާއި އެކަންއެގޮތަށް ނުކުރެވިފައި ކަމަށެވެ. ނިމިދިޔަ ސަރުކާރުތަކުން ފެނުނީ އެ މަނޒަރުތައްކަމަށް ފާހަގަ ކުރަމުނ ވިދާޅުވީ ހަފްތާ 14އިގެ އެޖެންޑާގައި ހިމަނައިގެން މި ކުރާނީ ރައްޔިތުންނަށް ހެވާ ލާބަ ލިބޭ މަސައްކަތް ކަމުގައެވެ.

އަންނަ ހަފްތާ އާދީއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ވޯޓު ދެއްވަންވީ ތަރައްގީއަށް ކަމަށާއި، މިއީ ގައުމުގެ ހާލަތު ބަދަލުކުރުމާއި، ގައުމު ހަމަމަގަށް އެޅުވުމަށް ކުރެވޭނެ އެންމެ މުހިންމު ކަންކަމުގައިވެސް ވިދާޅުވިއެވެ. މި ސަރުކާރުންވަނީ ވެރިކަމަށް މިވީ މަދު ދުވަސް ކޮޅުގެ ތެރޭގައި ރާއްޖޭގެއެކި ކަންކޮޅުތަކުގައި ތަރައްގީގެ ގިނަ ޕްރޮޖެކްޓްތަކެއް ހިންގަން ފަށާފައެވެ. ނުވެ ހުރިކަންތަކާއިއެކު އާ ކަންތައްތައްވެސް ކުރަން ވަނީ ފަށާފައެވެ. ވެރިކަމަށް އަދި މިވީ 5 މަހެވެ. 5 އަހަރުގެ ދައުރަކަށްވުރެ 100 ދުވަހުގެ ތަރައްގީ ހަލުވިވެފަ އަވަހެވެ.

ރައީސް އަތޮޅުތެރެއަށް

އިންތިހާބެއް ބޯމަތިވެގެން އަންނައިރު ހަނގީގަތުގައިވެސް ވަރަށް ގިނަކަންތައް ހިނގާނެއެވެ.އަދި ތަފާތު ވާހަކަތައްވެސް ފެތުރޭނެއެވެ. ހަނގީގަތަށްވުރެ ބާރު ދުވެލީގައި ދޮގާއި މަކަރުގެ ވާހަކަތައްފެތުރި މީހުންގެ އަގުވައްާޓާލާތަންފެނިގެންދާނެއެވެ. ރައީސް އަށް އަމާޒު ކޮށްގެން އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވާ ރައީސް ވިދާޅުވީ އުޑުގައި ޖެހިފައި ބިމުގައި ޖެހުނަށް އެމަނިކުފާނާ ދެކޮޅަށް ދެއްކޭނެ އެއްވެސް ވާހަކައެވެއް އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރާއްޖެ ތަރައްގީ ކުރެވޭނީ ތަރައްގީ ކުރަން ދަންނަ ބަޔަކަށް ކަމަށާއި، އެކަންކުރެވޭނީ މިއަދު މި އޮތް ސަރުކާރަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ރާއްޖެ ތަރައްގީކުރަން އެނގޭތީ އަދި ކުރަން ފަށާފައިވާތީ އެކި ކަހަލަ ވާހަކަތައް ދައްކަމުން ދާ ކަމަށާއި، އެކި ކަހަލަ ދޮގު ހަދަމުން ދަނީވެސް މިކަންކަމަށް ހުރަސް އެޅުމަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ބޮލުގައި ދޮގު އަޅުވަން ކިތަންމެ ވަރަކަށް އުޅުނަސް އެކަންއެގޮތަށް ނުވާނެ ކަމަށާއި، އެއީ އެމަނިކުފާނަކީ ވައުދެއް ވެއްޖިއްޔާ ތެދުބަހުންނާއި އަމާނަތްތެރިކަމާއެކުގައި އެކަން ފުއްދާނެ މީހެއްކަން ރައްޔިތުން މިއަދު ގަބޫލުކުރާތީ ކަމަށެވެ. ސަރުކާރަށް ފުރިހަމަ ބާރު އޮވެގެން ނިންމޭނެހާ ހުރިހާ ކަމެއް ނިންމާފައިވާނެ ކަމަށާއި،  ވޭދުވެދިޔަ ފަސް މަހުގެ ތެރޭގައިވެސް ރައްޔިތުނަށް ދައްކާފައިވަނީ އެކަންއެމަގުން ހިނގާތަން ކަމަށެވެ.

ރައީސް ވިދާޅުވީ “2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރިއިރުގައި ވައުދުވި މާލޭގެ ރައްޔިތުންނަށް ގޯތި ދީ ނިންމާނަމޭ. އެކަން ނުވެގެން އުޅެނިކޮށް މި އައީ 2019 ވަނަ އަހަރު މަޖިލީހުގެ އިންތިހާބު. އެ ބޭފުޅުން ވައުދުވީ މަޖިލީހުގެ އިންތިހާބު ނިމުނީމައޭ އެކަން ވާނީ. ނަމަވެސް އެކަމެއް ނުވި. އެކަން ކޮށްނުދެއްވުމުން ދެން މާލޭގެ ރައްޔިތުންގެ އިތުބާރާއި އުންމީދު ގެއްލުނީމަ ރައްޔިތުން އެހެން ގޮތެއް ހިޔާރުކުރަން ނިންމީ.”ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވެމުން މާލޭގެ ރައްޔިތުންގެ ތެރެއިން އެމްޑީޕީގެ ގިނަ ބަޔަކު ނިންމީ ސަރުކާރަށް މޭޔަރުކަން ދިނުމުގެ ބޭނުމެއް ނެތް ކަމަށެވެ. މޭޔަރަކަށް ހޮވި ވަޑައިގެން ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވެހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރެއްވުމުން ސަރުކާރުން އެކަމަށް އެއްބާރުލުމެއް ނުދެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ރ. އުނގޫފާރުގައި

“ގުޅީފަޅު ހިއްކަމުން ދިޔައީ. އަޅުގަނޑު ދެންނެވިން އެތަނުގައި ޕޯޓް އަޅާނެ ކަމެއް ނެތޭ ބޭކާރު ބޮޑު ޖާގައެކޭ ގެއްްލުވާލަނީ. ތިލަފުށްޓަށް ބަދަލުކޮށްދެއްވާށޭ އޭރުން އެ ޖާގަ ކޮޅުވެސް މާލޭގެ ރައްޔިތުންނަށް ލިބޭނޭ. ނަމަވެސް ހަމަ ހިލާ ކައުންސިލަށް އެއްވެސް ފުރުސަތެއް ނުދީ ސަރުކާރުން ވަގުތު ބޭކާރު ކޮށްލީ. ހަމަ މި މެޖޯރިޓީ އޭރުގައި ވެސް ތިބެގެން ކަންތައް ކުރީއެހެން. އެހެންކަމުން ރައްޔިތުން ރިޔާސީ އިންތިހާބުގައި ނިންނީ އެކަން ބަދަލުކުރަން.”ރައީސް ވިދާޅުވިއެވެ.

މަޖިލީހުގައި ސްޕަރ މެޖޯރިޓީ އޮވެ ސަރުކާރު ވެސް އޮވެ މާލޭގެ ރައްޔިތުންގެ ގެދޮރުގެ މައްސަލަ ހައްލުނުކޮށްދީ ފަހު ވަގުތު ނަމެއްގައި ކަން ކުރާ އުސޫލުން ގޯތިތައް ކަނޑުންނާއި ފަރުން ބަހާ ނިންމާ ފްލެޓްތައް ވެސް އެންމެ ފަހު ވަގުތު އަޅަން ފެށި ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އެކަން އެގޮތަށް ކުރި މީހުން މަޖިލީހުގައި މިހާރު ވެސް ތިބިއިރު އެ މީހުންނަށް އަނެއްކާ ވެސް ކުރިއަށް އޮތް ފަސް އަހަރު ދިނުން ހައްޤުތޯ ރައީސް ސުވާލު އުފެއްދާފައެވެ.

ރައީސް ވިދާޅުވީ ސަރުކާރު ހިންގުމުގެ ފުރުސަތު އެމަނިކުފާނަށް ދީފައި މަޖިލިސް އިދިކޮޅަށް ދިނުމުން އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އެއީ ދެކޮޅެއް ނުޖެހޭނެ ކަމެއް ކަމަށެވެ. އެހެންކަމުން މާލޭގެ 17 ގޮޑި ޕީއެންސީގެ ކެނޑިޑޭޓުންނަށް ދިނުމަށް ރައީސް ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!