ތިނަދޫ ސިޓީ އިން ކަރަންޓު ކެނޑިއްޖެއެވެ.
ކަރަންޓު ކެނޑެން މެދުވެރިވި ސަބަބު ހޯދައި އެކަން ރަނގަޅު ކުރެވޭތޯ ފެނަކަ ކޯޕަރޭޝަނުން މަސައްކަތް ކުރަން ފަށާފައިވާ ކަމަށާއި ސީދާ ވީ ގޮތެއް އަދި ނޭނގޭ ކަމަށް ފެނަކައިގެ އޮފިޝަލަކު މައުލޫމާތު ދެއްވަމުން ވަނީ ވިދާޅުވެފައެވެ.
ފެނަކައިން މައުލޫމާތުދެއްވި ގޮތުގައި މިހާރު އެއް އިންޖީނު އޮޮޕަރޭޝަނަށް ގެނެސްފިކަމަށާއި އެހެންނަމަވެސް އަދި ސީދާ ކަންވީގޮތް ބަލައި ހައްލުނުކުރެވޭ ކަަމަށާއި އެހެންނަމަވެސް ވީ އެންމެ އަވަހަށް ސިޓީއަށް ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
މިއަދަކީ 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ވޯޓުލާ ދުވަސް ކަމަށްވާއިރު، ހެނދުނު 8:00 ގަައި ތިނަަދޫސިޓީގައިވެސް ވޯޓުލުން ކުރިއަށްދަނިކޮށް، ދާދި ދެންމެއަކު މުޅި ސިޓީ އިން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ދަތިތަކާ ކުރިމަތިލާން ވަނީ ޖެހިފައެވެ.