ތިނަދޫ ސިޓީ ގެ ސަރުކާރު ކެނޑިޑޭޓް ސަޢުދުﷲގެ ކާމިޔާބީ ބުރު “ގެރާކޮށްލީމާ” މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތިނަދޫ ސިޓީގެ ފަރާތް ރައްޔިތުން ތަމްސީލުކުރައްވާނެ ހަމައެކަނި, ސަރުކާރު މެމްބަރު ސަޢުދުﷲ ހިލްމީ ނިމިދިޔަ އިންތިޚާބުގައި ހޯއްދެވި ކާމިޔާބީ ފާހަގަ ކުރުމަށް ބާއްވާ ސައިކަލު ބުރު މިއަދު ހަވީރު އެ ސިޓީ ގައި އޮންނާނެ އެވެ.
“ގެރާ ކޮށްލީމާ” ނަމުގައި މިއަދު 4:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާ މި ބުރުގައި ތިނަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރެއް އަދި މިފަހަރު ތިނަދޫ އުތުރު ދާއިރާގެ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި ޕީއެންސީ ކެންޑިޑޭޓް ސަޢުދުﷲ ހިލްމީ ބައިވެރިވެ ވަޑައިގެންނެވުމަށް އިއްޔެ ވަނީ ތިނަދޫ ސިޓީއަށް ވަޑައިގެންފައެވެ.

ޓީމް ސައުދުﷲ
މި މަހުގެ 21 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި ޕީއެންސީ ކެންޑިޑޭޓް ސަޢުދުﷲ ހިލްމީ ވަނީ ތިނަދޫ އުތުރު ދާއިރާއިށް އެ މަނިކުފާނާ ވާދަ ކުރެއްވި 2 ކެންޑިޑޭޓުން ބޮޑު ފަރަގަކުން ބަލިކުރައްވާ ތާރީޚީ މޮޅެއް ހޯއްދަވާފައެވެ.

2024 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024 ސައުދުﷲ ހިލްމީއާ ވާދަކޮށްފައިވަނީ އަބްދުﷲ އަހުމަދު (އަބްޅޯ) އާއި އަހުމަދު ޤައިސް އެވެ. ސައުދުﷲ އަށް އިންތިހާބުގައި ލިބިފައިވަނީ 1134 ވޯޓެވެ. އެއީ ވޯޓްގެ ނަތީޖާއިން 48.75 އިންސައްތަ ވޯޓެވެ. ސައުދުﷲ އާއި ވާދަކުރެއްވީ އަބްޅޯއެވެ. އަބްޅޯއަށް ލިބިފައިވަނީ 630 ވޯޓެވެ. އެއީ ވޯޓްގެ ނަތީޖާއިން 27.09 އިންސައްތަ ވޯޓެވެ. އަހުމަދު ޤައިސް އަށް ލިބިފައިވަނީ 562 ވޯޓެވެ. އެއީވޯޓްގެ ނަތީޖާއިން 24.16 އިންސައްތައެވެ.