ރިޕޯޓް
“ލޭބާރ ޑޭ “ފާހަގަކުރުމަކުން ނިންމާނުލެވޭނެ، ގައުމުގެ މިސްރާބު އެވެރިންގެ ކަނދުރާގަ

ކޮންމެ އަހަރެއްގެވެސް މޭ މަހުގެ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހެވެ. މުޅި ދުނިޔޭގަވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރެވޭއިރު މިއަހަރުގަވެސް މި ދުވަސް ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްފައެވެ. އެގޮތުން މޭ ޑޭ، ނަމުގައި ފާހަގަކުރެވޭ މި ދުވަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް އިއްޔެ ވަނީ ފާހަގަކޮށްފައެވެ.

މެއި މަހުގެ އެއްވަނަ ދުވަސް މޭ ޑޭ، ގޮތުގައި ފާހަގަކުރެވެންފެށީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް ލައްކަ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގަނެވި އެ ހައްގުތައް ކަށަވަރުނުކުރެވުމު ސަބަބަބުންނެވެ.

މަސައްކަތްތެރިންގެ ހައްގުތައް ހޯދުމަށް އެތައްބަޔަކު ނުކުމެ ކެނިޑިނޭޅި ކުރި މަސައްކަތުންވެސް މެއެވެ. ހަޅުތާލުތައް އާންމުވެ މަސައްކަތުގެ ހާލަތު ރަނގަޅުކުރުމަށް އަޑު އުފުލުމުގެ ނަތީޖާވެސްމެއެވެ. އެހެންކަމުން މަސައްކަތްތެރިންނަށް މިކަމުގެ ސަބަބުން ލުޔެއް ލިބިގެންދިޔައެވެ.ނަތީޖާއަކަށްވީ މުޅި ދުނިޔޭގެ ގިނަ ގައުމުތަކުންމިއީ ރަނގަޅު ނިންމުމެއްކަމަށްފެނި އެގޮތަށް އެންމެން އެކެއްޗެއްކިޔުމެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންއިރަކު އަދި ކޮންތާކުން ހެއްޔެވެ؟

160 އަށްވުރެ ގިނަ ގައުމުތަކުން މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރެއެވެ. ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރެވޭ އިރު މިއީ ކިހާ މުހިންމު ދުވަހެއްކަން އަޅުގަނޑުމެންނަށް ގިނަފަހަރު ނުއެއްއެނގެއެވެ. ނަތީޖާއަކީ ދުވަހުގެ ބޭނުމާއި އޭގެ މަގްސަދު ފަހުމް ނުވުމެވެ. މަސައްކަތްތެރިންނަކީ ޤައުމެއްގެ އެންމެ ބޮޑު ފޯސްއެވެ. ތަނަކަށް ތަރައްޤީ ގެނައުމަށް ޓަކައި އެންމެ ގިނަ މަސައްކަތްތައް ކުރާ ބަޔަކީ މަސައްކަތްތެރިންނެވެ.

މައިގަނޑު ގޮތެއްގައި ޤައުމާއި ދައުލަތް ބިނާވަނީ އުމްރާނީ ތަރައްޤީއާއި އިޤްތިޞާދުގެ މައްޗަށެވެ. މަސައްކަތްތެރިން ކުރާ މަސައްކަތްތަކުން ގައުމަށާއި ވަށާއިގެންވާ މާހައުލަށް އޭގެން ހެޔޮ ބަދަލުތަކެއް އާދެއެވެ. އަސާސީ މަސައްކަތްތަކުންފެށިގެން ފެންވަރުގައި ކުރެވޭ އުމްރާނީ އިޖްތިމާއީ މަސައްކަތާއި ހަމަޔަށްވެސް މެއެވެ.

މަސައްކަތްތެރިންނަކީ މުޖުތަމަޢެއްގެ މައިބަދައެވެ. މަސައްކަތްތެރިންގެ ބުރަކަށިމަތިން ގައުމުދަތުރުކުރާއިރު، އެމީހުންގެ ދުޅަހެޔޮކަމާއި ސަލާމަތްތެރި ކަމަކީ ކޮންމެހެން ބޭނުންވާ ކަމެއްވެސް މެއެވެ، އެހެންކަމުން ކޮންމެ އަހަރަކުވެސް ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ މަސައްކަތްތެރިންނާއި މަސައްކަތްތެރި މުޖުތަމަޢަށް ކޮށްދޭ މަސައްކަތްތަކާއި ޚިދުމަތްތަކަށް ހޭލުންތެރިކަން އިތުރުކޮށް މުޖުތަމައު އަހުލުވެރި ކުރުމަށެވެ.

މި އަހަރުގެ މަސައްކަތް ތެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމާއި މުޙާތަބު ކުރައްވާފައެވެ. އެގޮތުން ރައީސް ފޮނުވި ހިތާބުގައި ވިދާޅުވީ އެ މަނިކުފާނުގެ ޢަޒުމްފުޅަކީ، މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާއެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް، ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި 5 އަހަރުގެ ތެރޭ ހޯއްދަވައި ދެއްވުންކަމުގައެވެ.

އެގޮތުން ސަރުކާރުގެ އެކި ޚިދުމަތްތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރުކޮށްދެއްވަން މިހާރު ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައިވެއެވެ. އަދި އާމުދަނީ ހޯދުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ދިވެހީންނަށް އިތުރަށް ފަހިކޮށްދެއްވުމަށްޓަކައި، ރާއްޖޭގައި ދިވެހީންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް މި ސަރުކާރުން ކަނޑައަޅާފައިވާކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. ހަމަ އެއާއެކު، ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް ވަޒީފާ އަދާކޮށް ވިޔަފާރިކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެފަދަ ބޭރުމީހުން 48 ގަޑިއިރު ތެރޭގައި ޑީޕޯޓްކުރަން މިހާރު ފަށްޓަވާފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރައްވިއެވެ.

މަސައްކަތްތެރިންނަށްޓަކައި މިސަރުކާރުން ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ ކަންކަން ކުރުމަށް އިސްކަން ދެއްވާކަން ބަޔާންކުރައްވަމުން، މަސައްކަތްތެރިކަން އުނގަންނައިދިނުމާއި، އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް މި ސަރުކާރުން އިސްކަންދެއްވާނެކަމަށާއި، ޑޭކެއާ ސެންޓަރުތައް ފަދަ ޚިދުމަތްތައް ޤާއިމުކޮށް، ޢާއިލާތަކަށް ފުދުންތެރިކަން އިތުރުކުރުމަށް ފަސޭހަކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ. މިއަދުގެ ޚިޠާބު ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަރުކާރުގެ އުންމީދީ މަސައްކަތްތަކާއެކު ދިވެހި މަސައްކަތްތެރީންނަށް އުޖާލާ ކުރިމަގެއް އޮތްކަމުގައި ވިދާޅުވެފައެވެ. އަދި މަސައްކަތްތެރިންނަށް ތިޔާގިކަމުގެ އެތައް ފުރުޞަތުތަކެއް ފަހިވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މަސައްކަތެރިންގެ ހައްގު މޭ ޑޭ، އިން ކަށަވަރުވޭތަ!

މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކުރުމާއިއެކު ދިވެހިންނެކޭ އެއްފަދައިން ބިދޭސީނަން ވެސް މިނިމަމް ވޭޖް ކަނޑައެޅުމަށް މަސައްކަތްތެރިންގެ ހައްގުގައި ވަކާލާތުކުރާ ޖަމްއިއްޔާތަކުން ވަނީ ގޮވާލައްފާއެވެ.

މޭޑޭ ފާހަގަކުރުމުގެ ގޮތުން މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާ 6 ޖަމްއިއްޔާއަކުން ވަނީ އިއްޔެ މާލޭގައި ރެލީއެއް ބޭއްވިއެވެ. އެ ރެލީ ލީޑްކުރީ މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް އިންނެވެ..

އެ ރެލީގެ ބައިވެރިން މަސައްކަތްތެރިންގެ ހައްގު ކަށަވަރުކުރުމަށް ގޮވާލާފައިވާއިރު، ފާހަގަކޮށްފައިވަނީ ދިވެހިންނަށް މިނިމަމް ވޭޖު ކަނޑައެޅިފައިވާގޮތަށް ބިދޭސީންނަށްވެސް މިނިމަމް ވޭޖް ކަނޑައެޅައިދޭން ޖެހޭ ކަމަށެވެ. އަދި ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހިންގެ އަދަދު 50 އިންސައްތައިގައި ހިފެހެއްޓުމާއި، މަސައްކަތްކުރާ ބޭރު މީހުންގެ އަދަދު މަދުކޮށް ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުގެ އިތުރުން މަސައްކަތްތެރިންނަށް ކޮންމެ ހަފްތާއެކު ދެ ދުވަހު އޮފް ދުވަހެއް ދިނުމަށް ގޮވާލެއްވިއެވެ.

ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް އެތެރެކުރުން މަދުކުރުމަށާއި، މަސައްކަތްކުރާ ވަގުތު 6 ގަޑިއިރަށް ބަދަލުކުރުމުގެ އިތުރުން މަސައްކަތްތެރިންގެ މެދުގައި އޮންނަ ތަފާތުކުރުން ނައްތާލާ މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި ސަޕޯޓް ސްޓާފުންގެ މުސަރާ ބޮޑުކުރުމަށްވެސް މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާފައިވެއެވެ. އަދި ސިއްހީ ދާއިރާގެ އޯޓީ ގެޕް އުވާލުމަށާއި ޓީޗަރުންނަށް އޯވަރ ލޯޑްކުރުން މަދުކުރުމަށްވެސް ގޮވާލާފައިވެއެވެ. ކަންމިހެން އޮތުމުން މަސައްކަތްތެރިންގެ ހައްގު އެންމެ އެކަށޭނެ ގޮތުގައި އަދާކުރެވެމުންދާ ކަމާމެދުވެސް ސުވާލު އުފެދެއެވެ.

ދޭސީންނެކޭ އެއްފަދައިން ބިދޭސީ މަސައްކަތްތެރިންގެ ހައްގުވެސް ކަށަވަރު ކުރެވެންޖެހެއެވެ. މި މިސްރާބުން ނުދާކަމުގައިވާނަމަ ގައުމުގެ މައިބަދައަށް ބުރަބޮޑުވެ ހިންގުމުގެ ސަމުގާގެ ރެނދު އަޅާނެ ކަމާއިމެދު ޝައްކެއް ނެތެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!