ޚަބަރު
ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ގެދޮރުވެރިކަމަށް ހާއްސަ ލޯނެއް ބީއެމްއެލް އިން

ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ރަހުނަކާ ނުލާ އެއް މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ލިބޭ ހޯމް ލޯނެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފިއެވެ.

ބީއެމްއެލުން މިއަދު ބުނީ، ގެދޮރު އިމާރާތްކުރުމާއި މަރާމާތު ކުރުމަށް ކަސްޓަމަރުންގެ އޮތް ޑިމާންޑަށް ބަލައި ބޭންކުން ތައާރަފު ކުރީ ހޯމް ބިލްޑް ލޯނާއި ހޯމް އިކުއިޓީ ލޯނެއެވެ.

އަލަށް ތައާރަފު ކުރި ހޯމް ބިލްޑް ލޯން ފަރުމާކޮށްފައިވަނީ އެއްވެސް ރަހުނަކާ ނުލައި އެއް މިލިއަން ރުފިޔާއާ ހަމަޔަށް އަމިއްލަ ފަރުދުންނަށް ލޯނު ނެގޭ ގޮތަށެވެ. ލޯނު އަނބުރާ ދެއްކުމަށް 15 އަހަރުގެ މުއްދަތެއް ލިބޭ އިރު، މިއީ ގެދޮރު މަރާމާތުކުރުމަށާއި ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައިވެސް ގެދޮރު ހެދުމަށް އެކަށީގެންވާ އަދަދެއް ކަމަށް ބީއެމްއެލުން ބުންޏެވެ.

މީގެ އިތުރުން ކުރިން ހޯމް ލޯނާއި ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް އަމާޒުކޮށް ބީއެމްއެލުން ވަނީ ހޯމް އިކުއިޓީ ލޯން ތައާރަފު ކޮށްފައެވެ. އަލަށް ތައާރަފު ކުރި މި ލޯނު މެދުވެރިކޮށް ކަސްޓަމަރުން ނަގާފައިވާ ލޯނަށް ދައްކާފައިވާ އަދަދާ ހަމަޔަށް ލޯނު ދޫކުރެވޭނެއެވެ. މިގޮތުން ހޯމް އިކުއިޓީ ލޯނަކީ 50،000 ރުފިޔާއަށް ވުރެ މަތީ އަދަދަކުން ލޯނު ނަގާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ. މި ލޯނު އަނބުރާ ދެއްކުމަށް 20 އަހަރުގެ މުއްދަތެއް ލިބޭނެއެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ޑައިރެކްޓަރު އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިއީ މުޅި ރާއްޖޭގައި ތިބި ބީއެމްއެލްގެ ކަސްޓަމަރުންނަށް ފަސޭހަކަމާ އެކު ފައިނޭންސިން ލިބޭނެ ގޮތް މަގުފަހިކޮށްދިނުމަށް ތައާރަފުކުރި ޕްރޮޑަކްޓްތަކެއް ކަމަށެވެ.

“އަލަށް ތައާރަފު ކުރި ހޯމް ބިލްޑް ލޯނު ނަގަން އިތުރު ރަހުނެއް ބޭނުންނުވާ އިރު، ކަސްޓަމަރުންނަށް މިހާރުގެ މާކެޓްގައި އެންމެ ރަނގަޅު އަގުގައި ގެދޮރު ހެދުމާއި މަރާމާތުގެ މަސައްކަތް ކުރެވޭނެ. އަޅުގަނޑުމެން މި ދޫކުރާ ހޯމް އިކުއިޓީ ލޯނުން މިހާރު ހޯމް ފައިނޭންސިން ނަގާފައިވާ ކަސްޓަމަރުންނަށް 10 ޕަސަންޓު އިންޓަރެސްޓު ރޭޓުގައި ލޯނު ލިބޭނެ،” ނިމާލް ވިދާޅުވިއެވެ.

ބީއެމްއެލުން އިތުރަށް ބުނީ ބީއެމްއެލް އިސްލާމިކް ކަސްޓަމަރުންނަށްވެސް ހޯމް ބިލްޑް ފައިނޭންސިން އަދި ހޯމް އިކުއިޓީ ފައިނޭންސިން ލިބޭނެ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. ރޫޱް

    10% އިންޓަރެސްޓް ވީމަ އެއީ އަގު ހެޔޮ؟؟