ޚަބަރު
ކެބިނެޓުގެ ނިންމުންތައް ހާމަކުރުމަށް ވަކި ޕްލެޓްފޯމެއް ޤާއިމް ކުރަނީ

ސަރުކާރު އިދާރަތަކުގެ މަސައްކަތްތަކާއި އަދި ކެބިނެޓުގެ ނިންމުންތައް ހާމަކުރުމަށް ވަކި ޕްލެޓްފޯމެއް ޤާއިމް ކުރުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިހެން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސްކޮންފަރެންސްގައެވެ.
އެ ބައްދަލުވުމުގައި ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، ކެބިނެޓުގެ ނިންމުންތައް ދުވަހުން ދުވަހަށް ފެންނާނެ ނިޒާމެއް މިހާރު ނެތް ކަމަށެވެ. މިކަމަށް މިހާރު މަޝްވަރާ ކުރިފައިވާ ކަމަށާއި، މައުލޫމާތު ލިބޭނެ ހާއްސަ ނިޒާމެއް ޤާއިމް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފޮޓޯތަކާއި އަދި ސަރުކާރުން ނިންމާ މުހިންމު ނިންމުންތައް ވެސް މި ޕްލެޓްފޯމުން އެނގެން ހުންނާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

” ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލައިވް ކޮށްލާނަން ރައީސުލްޖުމުހޫރިއްޔާ އޮފީހުގެ ވެބްސައިޓާއި ލިންކް ކުރެވޭ ގޮތަށް، ރައީސް މުޢިއްޒުގެ ވެރިކަމުގެ ކޮންމެ ކެބިނެޓް ބައްދަލުވުމެއްގެ ނިންމުންތައް، ނޫސްވެރިންނަށް ފެންނާނެ ގޮތަށް، އެ ނިންމުންތަކާއި ގުޅޭ މައުލޫމާތާއި އެކީގައި ލިބޭނެ ނިޒާމެއް އަޅުގަނޑުމެން ޤާއިމް ކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން ” ހީނާ ވިދާޅުވިއެވެ.

ޕްލެޓްފޯމް ޤާއިމް ކުރުމުގެ ބޭނުމަކީ ނޫސްވެރިންނާއި ރައްޔިތުންނަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑުގޮތެއްގައި ގެނެސްދެވޭނެ ގޮތް ހެދުން ކަމަށާއި، އެ ނިޒާމު ވިހާވެސް އަވަހަކަށް ހަމަޖެހިގެންދާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!