ޚަބަރު
ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ކޮންޓްރޯލް ކުރުން: ޚަލީލް

ސަރުކާރުގެ އަމާޒަކީ ތެލެސީމިއާ ބަލި ކޮންޓްރޯލް ކުރުން ކަމަށް ޞިއްޙަތާބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ތެލަސީމިއާ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވަޒީރު ވިދާޅުވީ ތެލަސީމިއާ ދުވަސް މިއަދު ފާހަގަކުރާއިރު ސަރުކާރުގެ އަމާޒަކީ ތެލަސީމިއާ ބަލި ތަހައްމަލުކުރަމުންދާ ފަރާތްތަކަށް ހަމަހަމަކަމާއެކު، ފެންވަރު ރަނގަޅު ފަރުވާއެއް ފޯރުކޮށްދިނުން ކަމަށެވެ. އަދި ސަރުކާރުން ވަޢުދުވެފައިވާ ފަދައިން ތެލަސީމިއާ ބަލިން މުޖުތަމަޢު ރައްކާތެރިކޮށް، ބަލި ޖެހިފައިވާ ކޮންމެ މީހަކަށްވެސް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާގެ ހައްޤު ކަށަވަރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ތެލެސީމިއާއަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ވާރުތަވާ ލޭގެ ބައްޔެކެވެ. މޯލްޑިވިއަން ބްލަޑް ސާވިސްއިން ޢާންމުކުރި 2023 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވާގޮތުން، ރިޕޯޓު އެކުލަވާލުމާއި ހަމައަށް 941 ފަރާތެއް ވަނީ ތެލެސީމިއާ ޕޭޝަންޓުންގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނައީ ބީޓާ ތެލެސީމިއާ މޭޖަރ ބާވަތުގެ ކުދިންނެވެ. އެގޮތުން، 762 ކުދިން މި ބާވަތުގެ ތެލެސީމިއާ ހުންނަ ކަމަށް ރަޖިސްޓްރީކޮށްފައިވެއެވެ.

ތެލެސީމިއާ ޖެހޭ ކުދިންނަށް ފެންވަރު ރަނގަޅު ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށް އަދުގެ ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތެލެސީމިއާ ހޮސްޕިޓަލެއް އެޅުމަށް ހުޅުމާލެ ދެވަނަ ފިޔަވަހިން 71000 އަކަފޫޓުގެ ބިމެއް ވަނީ ހަމަޖައްސާފައެވެ.

ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކުގެ ތަކުލީފުތައް ކުޑަކޮށްދެއްވައި އެ ކުދިންގެ ފަރުވާގެ ކަންކަން ފުރިހަމަކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކެމެކެވެ. އެގޮތުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރުމުގެ ޤައުމީ ކެންޕެއިނެއް މިދިޔަ ފެބްރުއަރީ މަހު ވަނީ ފަށާފައެވެ. މިއީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!