ޚަބަރު
ދުނިޔޭގެ މެގްނެޓިކް ފީލްޑަށް 3.7 ބިލިއަން އަހަރުވީ ކަމުގެ ހެކި ސައިންސްވެރިން ހޯދައިފި

ދުނިޔޭގެ މެގްނެޓިކް ފީލްޑް، ބިމުގައި އުޅޭ ދިރުންތައް އިރުގެ ނުރައްކާތެރި ކޮސްމިކް ރޭތަކުން ރައްކާތެރިކޮށްދެއެވެ.

ވަރަށް ފަހުން ސައިންސްވެރިން ކޮށްފައިވާ ދިރާސާއަކުން ދުނިޔޭގެ މެގްނެޓިކް ފީލްޑަށް ހީކުރި ވަރަށްވުރެ ގިނަ ދުވަސްވެފައިވާކަމުގެ ހެކި، ދަގަނޑު ހިމެނޭ ހިލަތަކަކުން ފެނިފައިވެއެވެ.

އީއޯއާޗިއަން ދުވަސްވަރު އިރުގެ ދޯދިތަކުގެ ބާރުގަދަވެ، މެގްނެޓިކް ފީލްޑްގެ ބާރު ދަށްވެއެވެ. އަދި އެހެން ޕްލެނެޓްތަކުގެ ދިރުން ހޯދުމަށްޓަކައި މި ފީލްޑް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ.

ކޮރޯނަލް މާސް އިޖެކްޝަންތަކުގެ ސަބަބުން އުފެދޭ ކޮސްމިކް ރޭތަކުން ހުރިހާ ދިރުންތައް ސަލާމަތްކޮށްދޭ ޕްލެނެޓްގެ ދަގަނޑު ކޯރ އިން ބާރުދޭ މެގްނެޓިކް ފީލްޑާ ނުލައި ބިމުގައި ދިރުންތައް ނޫޅެވޭނެއެވެ. މި މެގްނެޓިކް ފީލްޑް ބިމުގެ ސަރަޙައްދުގައި ވާ ފެންވެސް ޙިމާޔަތްކޮށްދެއެވެ. އަދި މިފަދަ ފީލްޑެއް އޮތުމަކީ ދުރުގެ އެހެން އެކްސޯޕްލެނެޓްތަކުގައި ދިރުންތައް ދިރިއުޅޭ ކަމަށް ބާރުދޭ ކަމެކެވެ.

ދުނިޔޭގެ މެގްނެޓިކް ފީލްޑް އެންމެ ފުރަތަމަ އުފެދުނީ ކޮން އިރަކު ކަމެއް ސައިންސްވެރިންނަށް ޔަގީން ނުވި ނަމަވެސް އޮކްސްފޯޑް ޔުނިވާސިޓީ އާއި މެސެޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ކުރި އާ ދިރާސާއެއްގައި ގްރީންލޭންޑްގެ އިސުއާގައި ހިމާޔަތްކޮށްފައިވާ 3.7 ބިލިއަން އަހަރުވީ ދަގަނޑު ހިމެނޭ ހިލަތަކުން އެ ފީލްޑް އެއިރުވެސް އޮތް ކަމުގެ ހެކިތައް ތަފްސީލުކޮށް ދީފައިވެ އެވެ.

މި ހިލަތަކުގެ ދަގަނޑު ކޮމްޕޮޒިޝަން މުހިންމު ވަނީ އެ އެލިމެންޓަކީ މެގްނެޓިކް ފީލްޑްގެ ޑައިރެކްޝަނާއި(ދަތުރުކުރާ ކޮޅު) އަދި ސްޓްރެންތު(ބާރު) މި ހިލަތައް ކްރިސްޓިލައިޒްވުމުން (ހަރުވުމުން) އެނގިގެން ދާތީއެވެ.

ޖާނަލް އޮފް ޖިއޮފިޒިކަލް ރިސާޗްގައި މި ހަފުތާގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި މީގެ 4 ބިލިއަން އަހަރާއި 3.6 ބިލިއަން އަހަރާ ކުރީގައި މެގްނެޓިކް ފީލްޑްގެ ބާރުމިނަކީ 15 މައިކްރޯޓެސްލާއެއްގެ މެގްނެޓިކް ފީލްޑް ސްޓްރެންތް ކަން އެނގިގެން ދިޔައެވެ. މިއީ މިއަދުގެ މެގްނެޓިކް ފީލްޑްގެ ދެބައިކުޅަ އެއްބައި ބާރެވެ.

އޮކްސްފޯޑް ޔުނިވާސިޓީގެ ކްލެއާ ނިކޮލްސް ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ދުނިޔޭގެ މެގްނެޓިކް ފީލްޑަކީ، ދުނިޔެއަކީ ދިރުންތައް އުޅެވޭނެ ތަފާތު ޕްލެނެޓަކަށް ވެފައި އޮންނަ މައިގަނޑު ސަބަބެވެ.
މި ފީލްޑްގެ ސަބަބުން ޖައްވުން އަންނަ ނުރައްކާތެރި ރޭޑިއޭޝަން އިން އަހަރެމެން ސަލާމަތްކޮށްދީ، ކަނޑާއި ޖައްވު އޮތްގޮތައް ގިނަދުވަސް ތަކެއް ވަންދެން އޮތުމަށް މަގުފަހިކޮށްދެއެވެ.

ސައިންސްވެރިން އިސުއާ ސުޕްރަކްރަސްޓަލް ބެލްޓުން ސާމްޕަލް ނަގަނީ. (ފޮޓޯ ކްރެޑިޓް: ކްލެއާ ނިކޮލްސް)

3.7 ބިލިއަން އަހަރުގެ މި ޓައިމްފްރޭމް ނުވަތަ މުއްދަތަކީ ކުރީގެ މެގްނެޓިކް ފީލްޑާއި ބެހޭގޮތުން އެނގިފައިވާ މައުލޫމާތަށްވުރެ ގާތްގަނޑަކަށް 200 މިލިއަން އަހަރު ކުރީގެ މުއްދަތެކެވެ.

މިއީ ވަރަށް މުހިންމު ހޯދުމެކެވެ. އެއީ މީގެ 3.7 ބިލިއަން އަހަރު ކުރިން، ދުނިޔޭގައި އެންމެ ފުރަތަމަ އުޅުނު ދިރުންތައް ކަމުގައިވާ މައިކްރޯބިއަލް މެޓްސް، މެގްނެޓިކް ފީލްޑްގެ އެހީގައި ދުނިޔޭގައި އުޅުނުކަން ސާބިތުކުރުމަށެވެ. ނަމަވެސް އިރުގެ އަލިކަން މި ދުވަސްވަރު ގަދަވުމުގެ ސަބަބުން، ޕްލެނެޓްގެ މެގްނެޓިކް ފީލްޑް ބަލިކަށިއެވެ.

މީގެ ސަބަބުން ދުނިޔޭގެ ކުރީގެ ތާރީޚާ ބެހޭގޮތުން އުފެދިފައިވާ ސުވާލުތަކަށް ޖަވާބު ލިބިގެން ދިޔައެވެ. އަދި މި އައު މައުލޫމާތަކީ އެހެން ޕްލެނެޓްތަކުގައި ދިރުން ހޯދުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ މައުލޫމާތެކެވެ.
ދުނިޔޭގެ މެގްނެޓިކް ފީލްޑްގެ ސަބަބުން ދުނިޔޭގައި ދިރުންތައް ދިރިއުޅުމުގެ މަގު ފަހިކޮށްދެއެވެ.

މިހުރިހާކަމަކުންވެސް މާތް ﷲގެ ކުޅަދުންވަންތަކަން ފެނި ހާމަވެގެންދެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!