ޚަބަރު
ނުރައްކާތެރި ގޮވާ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުމާގުޅޭ ކޯހެއް ސިފައިން ފުރިހަމަ ކޮށްފި

ނުރައްކާތެރި ގޮވާ އެއްޗެހި ރައްކާތެރިކަމާއެކު ނައްތާލުމާގުޅޭ ކޯހެއް ސިފައިން ފުރިހަމަ ކޮށްފިއެވެ.

ސިފައިން ފުރިހަމަކުރި މި ކޯހަކީ ނުރައްކާތެރި ގޮވާ އެއްޗެހި ރައްކާތެރިކަމާއެކު ނައްތާލުމާގުޅޭގޮތުން ސްރީލަންކާގެ އަސްކަރިއްޔާއާ ގުޅިގެން އެމްއެންޑީއެފުން ހިންގި ބޭސިކް ކޯހެކެވެ.
“ބޭސިކް އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް ކޯސް–3” (ލެވެލް 2) ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުވެސް ވެސް ވަނީ ބާއްވާފައެވެ.
އެކަމަަށް ޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހެޑްކުއޯޓަރޒްގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި، ކޯހުން ދަސްވެނިވުނު ސިފައިންނަށް “އީއޯޑީ ބެޖު” ހަވާލުކޮށްދެއްވީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދުއެވެ. އަދި ކޯހުގެ ވަނަތައް ހާސިލުކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ވެސް ޝަރަފުވެރި މެހުމާނެވެ.
އެ ކޯސް ފުރިހަމަކުރި ސިފައިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ކޯހުގެ އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތް ކޮށްދެއްވި ސްރީލަންކާ އަރމީ އިންޖިނިއަރސްގެ އިންސްޓަކްޓަރުންނާއި، ކޯހުގެ ކޯސް އޮފިސަރ، ލެފްޓިނެންޓް ޚާތިމް އަޙްމަދުއެވެ.
2024 މާރިޗު 24 އިން މޭ 11 އަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި ކުރިއަށް ގެންދިޔަ މި ކޯހުން 27 ސިފައިން ވަނީ ދަސްވެނިވެފައެވެ. މި ކޯހުން އެއްވަނަ ހާސިލުކޮށްފައިވަނީ، ލާންސް ކޯޕްރަލް މުޙައްމަދު ސާވިން (ސނ. 8327) އެވެ. އަދި، ޕްރައިވެޓް ފާތިމަތު ޝަހުދާ އަބޫބަކުރު (ސނ.8714) ކޯހުން ދެވަނަ ހާސިލުކުރިއިރު، ކޯހުން ތިންވަނަ ހާސިލުކޮށްފައިވަނީ ސްޓާފް ސާޖަންޓް މުޙައްމަދު ރަފީޤް (ސނ.6361) އެވެ.
އީއޯޑީ ލެވެލް 2 ކޯހަކީ ކޮންވެންޝަނަލް މިއުނިޝަން ޑިސްޕޯސަލްއާއި އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލްއާއި އެކިކަހަލަ ނުރައްކާތެރި ހަޒާޑަސް އެއްްޗެހި ރަައްކާތެރިގޮތުގައި ނައްތާލުމާއި، އެކިކަަހަލަ ނުރައްކާތެރި ތަކެތި ދެނެގަނެ ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމުގެ ޢިލްމާއި ހިލްމު އުނގަންނައިދިނުމަށް ފަރުމާކުރެވިފައިވާ ކޯހެކެވެ.
އެ ކޯހުގައި ކިޔަވައިދެވިފައިވާ ދާއިރާތަކުގެ ތެރޭގައި އެކްސްޕްލޯސިވްސް، ޑިމޮލިޝަން، ބޫބީ ޓްރެޕްސް، އާމްސް އެންޑް އެމިއުނިޝަން، އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް، އެކްސްޕްލޯސިވް އޯޑްނަންސް ޑިސްޕޯސަލް، ސަރޗް ޓެކްނިކްސް އަދި މައިން ވޯފެއަރ ހިމެނެއެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!