ޚަބަރު
ދޮށީ އުމުރުގެ މީހުން ބަލާ ފަރާތްތަކަށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގައި ޕޮއިންޓް ލިބޭ އުޞޫލެއް އެކުލަވާލަނީ

ސަރުކާރުން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކުގައި، ދޮށީއުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލެއް އެކަށައެޅުއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

މިމަހު 19 ގައި އޮތް ވަޒީރުންގެ މަޖިލީހުގައި، އައްޑޫ ސިޓީގައި އިސްރަށްވެހިންގެ ހިޔާވަހި ބިނާކުރުމާ ގުޅޭގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގައިވާ ކަންތައްތަކުގެ ތެރޭގައި، ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުން ވަނީ ހިމަނުއްވަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވިގޮތުގައި ސަރުކާރުގެ މި ނިންމެވުމަކީ، ދޮށީ އުމުރުގެ ފަރާތްތަކަށް އާއިލާތަކާއެކު ދިރިއުޅެވޭނެ މަގުފަހިކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެކެވެ.

މިދިޔަ ފެބްރުއަރީ 17 ވަނަ ދުވަހު “އިސްރަށްވެހިންގެ ނާދީ” ހުޅުވުމުގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، ގެދޮރުވެރިކަމުގެ ގިންތިތައް ކަނޑައެޅުމާއިބެހޭ ބިލެއް ފަރުމާކުރެވިގެންދާއިރު، އިސްރަށްވެހިންނަށް ޙާއްސަ ސަމާލުކަމެއް ދެއްވާނެކަމަށާއި، ފްލެޓް ދިނުމުގައި ޕޮއިންޓު ލިބޭނެ އުޞޫލުތަކެއް ކަނޑައެޅިގެންދާނެ ކަމަށް ވިދާޅުވެފައެވެ.

“ޙާއްސަ ސަމާލުކަމެއް ދެވިގެން ތިޔަ ލޮބުވެތި ރައްޔިތުންނަށް، ގެދޮރުވެރިކަމުގެ އެކިކަހަލަ މަޝްރޫޢުތަކުގައި ފުރުޞަތު ވަރަށް ބޮޑުތަނުން އިތުރުވެގެންދާނެ ވާހަކަ ދަންނަވަން” އިސްރަށްވެހިންނާއި މުޚާތަބްކުރައްވާ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ގެދޮރުވެރިކަމުގެ އުޞޫލަށް ގެންނަން ނިންމެވި މިބަދަލުގެ އިތުރުން، ދޮށީ އުމުރުގެ މީހުންނަށް ލިބިދޭންޖެހޭ ޙައްޤުތައް ރައްކާތެރިކޮށްދިނުމުގެ ގޮތުން، ޤާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްވެސް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމަވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!