ޚަބަރު
ގައުމިއްޔަތު ކިޔަވައިދޭ ޓީޗަރުން ތަމްރީނުކުރަން މި ހަފުތާގައި ފަށަނީ

ގައުމިއްޔަތު ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދީފިއެވެ.

ދިވެހިރާއްޖޭގެ ދަރިވަރުންގެ މެދުގައި ގައުމީ ލޯބި އިތުރުކޮށް، ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދޭން މިމަހު 26 ގައި ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މައުލޫމާތުދީފައެވެ.

މިހާރުވެސް ގައުމިއްޔަތު މާއްދާގެ އެކި ބައިބައި ދަރިވަރުންނަށް ކިޔަވައިދެމުން ދިޔަ ނަމަވެސް، ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު މާއްދާ ކިޔަވައިދީފައިވަނީ ގްރޭޑް 4 ގެ ކުދިންނަށް ހިންގުނު ޕައިލެޓް ޕްރޮގްރާމުގައެވެ. އަދި އެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ދިޔުމުން އެ މާއްދާ ދަރިވަރުންގެ މަންހަޖުގެ ތެރޭގައި ހިމެނުމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ނިންމައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދަރިވަރުންނަށް ގައުމިއްޔަތު އުނގަންނައިދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވަނީ، ބޮޑުވަމުން އަންނަ ޖީލުގެ ތެރޭގައި ގައުމީ ލޯބި ހިތުގައި ބިންވަޅުނެގިފައިވާ މިންވަރު އިތުރު ކުރުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!