ޚަބަރު
އެހެން އަހަރުތަކާ ހިލާފަށް މިއަހަރުގެ މިނިވަންދުވަހުގެ ހަރަކާތްތައް ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާނެ

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިއާރަކީ “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައަޅުއްވާފައިވާއިރު މިއަހަރުގެ މިނިވަަންދުވަހުގެ ހާއްސަ ހަރަކާތްތައް ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޝިއާރަކަށް، ރައީސް ޑރ މުއިއްޒު “ދިވެހީންގެ އަމިއްލަވަންތަކަން, ދިވެހީންގެ މިނިވަންކަން” އިއުލާނު ކުރައްވާފައިވާކަން ހާމަކުރެއްވީ ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ.

ވަޒީރު އާދަމްނަސީރު މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ކުރިއަށް ދިޔަ ނޫސްވެރީންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ކަމަށް ދިވެހި ބަހާއި ތާރީހާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ޒިންމާތަކުގެ ތެރެއިން ކުރިއަށް ގެންދާ “ދިވެހި ގައުމިއްޔަތުގެ ހާއްސަ މަޝްރޫއު”ގެ މުހިންމު އެއް ބަޔަކީ އަމިއްލަވަންތަކަމެވެ. މިއަހަރުގެ މިނިވަން ދުވަހުގެ ޝިޢާރު ގުޅިފައި ވަނީ ގައުމިއްޔަތުގެ އެ މުހިންމު ސިފައާ ކަމަށްވެސް ދިވެހި ބަހާއި ތާރީހާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

އެހެން އަހަރުތަކާ ހިލާފަށް ސަރުކާރުން މި ވަނީ މިއަހަރުގެ މިނިވަންދުވަހު ވަރަށްވެސް ފުރިހަމައަށް އެހާމެ ކުލަފަދަ ގޮތަކަށް ފާހަގަކުރުމަށް ނިންމާފައިވާއިރު އެއް ހަފްތާގެ މުއްދަތަށް މިނިވަން ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ.

އެގޮތުން މިއަހަރުހެ މިނިވަަން ދުވަސް ފާހަގަ ކުރުމުގެ ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރޭގައި، މިނިވަން ދުވަހުގެ ހާއްސަ ޖަލްސާ ބޭއްވުމާއި، ދިދަ ނެގުމުގެ ރަސްމިއްޔާތު، އަދި އެއަށްފަހު ރައީސް ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކޮށްލެއްވުން ހިމެނެއެވެ. މީގެ އިތުރުން، ހެވިކަމާއި ކުޅިވަރު، ފުޅަނދުބުރު، ކާނިވާ، މިނިވަން ދުވަހުގެ ހާއްސަ ދުވުން، ސާގާފީ ޝޯ އާއި ކާބޯތަކެތީގެ މައުރަޒު ހިމެނެއެވެ. އަދިވެސް އިތުރަށް ކުޑަކުދީންގެ ހަވީރު، ފިޔަވަތީގައި ތިބޭ ކުދީންނަށް ހާއްސަ ހަވީރު، އިސްރަށްވެހީންގެ ބައްދަލުވުން އަދި ސްޓޭޖް ޝޯތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!