ޚަބަރު
ޝަހީދުންގެ އާއިލާތައް ހިމެނޭ ގޮތަށް ފަލަސްތީނުގެ 1000 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެނީ

ޔަހޫދީ އިޒްރޭލުން ދިން ހަމަލާތަކުގައި ޝަހީދުވެފައިވާ ފަލަސްތީން މީހުންގެ އާއިލާތަކާއި ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންނާއި ހަމަލާތަކުގައި ޒަހަމްވި މީހުން ހިމެނޭ ގޮތަށް ފަލަސްތީނުގެ 1،000 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން މާތްވެގެންވާ ދެ ހަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒު ނިންމަވައި، އެކަމަށް އަމުރެއް ނެރުއްވައިފި އެވެ.

އެ ފުރުސަތު ދެއްވަން ސައުދީ ރަސްގެފާނު ނިންމެވީ އެ މަނިކުފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ކޮންމެ އަހަރަކުވެސް ހައްޖުވުމުގެ ފުރުސަތު ދެއްވާ މީހުންގެ ތެރެއިންނެވެ. ސައުދީ ރަސްގެފާނުގެ އަމުރަށް އެކަން ބަލަހައްޓަނީ އެ ގައުމުގެ އިސްލާމިކް މިނިސްޓްރީންނެވެ.

ސައުދީ ގެޒެޓް ނޫހުގައި ބުނެފައިވާ ގޮތުން ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި މި އަހަރު 2،322 މީހަކަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ވަނީ ނިންމައިފަ އެވެ.

އޭގެ ތެރޭގައި ފަލަސްތީންގެ 1،000 މީހަކާއި 88 ގައުމެއްގެ 1،300 މީހުންގެ އިތުރުން އެއް ހަށިގަނޑުން ގުޅިފައި ތިބި ކުދިންގެ ތެރެއިން ސައުދީގައި އޮޕަރޭޝަންކޮށް ހަށިގަނޑު ވަކިކުރި ކުދިންގެ އާއިލާތަކަށް ނިސްބަތްވާ 22 މީހަކު ހިމެނެ އެވެ.

ސައުދީ ރަސްގެފާނުގެ ހާއްސަ މެހެމާނުންގެ ގޮތުގައި ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވަން ފެއްޓެވީ މީގެ 26 އަހަރަށްވުރެ ކުރިންނެވެ. އެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 60،000 އަށްވުރެ ގިނަ އަންހެނުންނާއި ފިރިހެނުންނަށް ހިލޭ ހައްޖުވުމުގެ ފުރުސަތު ދެއްވާފައިވެ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!