ޚަބަރު
އަސްކަރީ ސެޓެލައިޓްއެއް ފޮނުވާލަން އުތުރު ކޮރެއާއިން ކުރި މަސައްކަތް ނާކާމިޔާބުވެއްޖެ

އުތުރު ކޮރެއާއިން މިދިޔަ ހޯމަ ދުވަހު އަސްކަރީ ރިކޮނިސެންސް ނުވަތ ޖާސޫސީ ސެޓެލައިޓެއް ފޮނުވާލި ނަމަވެސް އިންޖީނަށް ދިމާވި މައްސަލަތަކުގެ ސަބަބުން އޯބިޓާއި ހަމައަށް ފޯރާފައި ނުވާ ކަމަށް އެގައުމުގެ މީޑިއާއިން ބުނެފައިވެއެވެ. ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން މި ސެޓެލައިޓް ފޮނުވާލާފައިވާތީ ޖަޕާނުން އެކަމަށް ނުރުހުން ފާޅުކޮށްފައިވެ އެވެ.

ކޮރެއާގެ ސެންޓްރަލް ނިއުސް އެޖެންސީން ބުނި ގޮތުގައި ސެޓެލައިޓް އުފުލާ ރޮކެޓް ގޮވާފައިވަނީ ލޯންޗްކޮށް މެދުތެރޭއާ ހިސާބަށް ދިޔަ ފަހުންނެވެ. މިއީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އަވަށްޓެރި ގައުމުތަކުން ސޯލްގައި ސަމިޓެއް ބޭއްވުމަށް ފަހު އުތުރު ކޮރެއާއިން ރޮކެޓް ފޮނުވާލުމުގެ ޕްލޭން ޖަޕާނަށް ވަނީ އަންގާފައެވެ.

އުތުރު ކޮރެއާއިން އެންމެ ފަހުން ޖާސޫސީ ސެޓެލައިޓެއް ފޮނުވާލާފައިވަނީ މިދިޔަ ނޮވެމްބަރު މަހު އެވެ. އޭގެ ފަހުން އެ ގައުމުން ވަނީ މި އަހަރު އިތުރު ތިން ސެޓެލައިޓެއް ފޮނުވަން ނިންމާފައެވެ. ބެލިސްޓިކް މިސައިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން ސެޓެލައިޓް ލޯންޗު ކުރުން އދގެ ސަލާމަތީ މަޖިލީހުގެ ގަރާރުތަކުން އެ ގައުމަށް ވަނީ މަނާކޮށްފަ އެވެ.

ދެކުނު ކޮރެއާގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ހުޅަނގު އުތުރުގައި އޮންނަ ޓޮންގްޗަންގް-ރީ ސަރަހައްދުން މި ސެޓެލައިޓް ފޮނުވާލާފައިވަނީ ހޯމަ ދުވަހުގެ ރޭ 10:44 ކަށް ހާއިރު ކަމަށެވެ.

އަދި މިރޭ 10:46 ހާއިރު އުތުރު ކޮރެއާގެ ކަނޑުގެ ސަރަހައްދުން އޭގެ ބައިތައް ފެނިފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ކޭސީއެންއޭ އިން ބުނީ އަސްކަރީ ރިކޮނިސެންސް ސެޓެލައިޓް މަލިގިޔޮންގް-1-1 ލޯންޗް ކުރުމުގެ ތެރޭގައި މައްސަލައެއް ދިމާވެފައިވާ ކަމަށެވެ.

ކޭސީއެންއޭ އިން ބުނި ގޮތުގައި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ އަލަށް އުފެއްދި ލިކުއިޑް އޮކްސިޖަން ޕްލަސް ޕެޓްރޯލިއަމް އިންޖީނުގެ އޮޕަރޭޝަނަށް ދިމާވި މައްސަލައެއްގެ ސަބަބުންނެވެ.

އުތުރު ކޮރެއާއިން ބުނީ އެމެރިކާ އާއި ދެކުނު ކޮރެއާއިން ދީފާނެ ހަމަލާއަކަށް ފާރަވެރިވުމަށް އަސްކަރީ ރިކޮނިސެންސް ސެޓެލައިޓެއް ބޭނުންވާ ކަމަށް އެވެ.

ޖަޕާން ސަރުކާރުން ބުނީ އެ ސެޓެލައިޓް ރާޑަރުން ގެއްލުނީ ޔެލޯ ސީގެ މަތިން ކަމަށާއި ޖަޕާނުން އަދިވެސް މި އާޓިފިޝަލް ސެޓެލައިޓްގެ ހަގީގަތް އެނެލައިޒް ކުރަމުންދާ ކަމަށެވެ.

ޖަޕާނުގެ ޗީފް ކެބިނެޓް ސެކްރެޓަރީ ޔޮޝިމާސާ ހަޔާޝީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައިވަނީ، ޖަޕާނުން ބެއިޖިންގައި ހުންނަ އެގައުމުގެ އެމްބަސީ މެދުވެރިކޮށް އުތުރު ކޮރެއާއަށް ތަކުރާރުކޮށް ސެޓެލައިޓްތައް ލޯންޗްކުރަމުންދާތީ އެކަމާ ނުރުހުން ފާޅުކޮށްފައިވާ ކަމަށެވެ.

ޖަޕާނުގެ ސަރުކާރުގެ އިސް ތަރުޖަމާނު ހަޔާޝީ ވަނީ ޕިޔޮންގްޔޯންއިން އިތުރަށް ހަރުކަށި ފިޔަވަޅެއް އަޅާފާނެތީ ސަމާލުވުމަށް އަންގާފައެވެ.

އަދި ޖަޕާނުން ސެޓެލައިޓް ވައްޓާލަން މަސައްކަތް ކޮށްފައި ނުވާ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޖަޕާނުގެ ޖޭ-އެލާޓް އާލީ ވޯނިން ސިސްޓަމުން އޮކިނާވާ ސަރަހައްދުގެ ރައްޔިތުން ސަލާމަތީ ފިޔަވަޅު އެޅުމަށް އިއުލާން ކޮށްފައިވީ ނަމަވެސް ފަހުން އެ އިންޒާރު ވަނީ އުވާލާފަ އެވެ.

މި ސެޓެލައިޓް ލޯންޗް ކޮށްފައި މިވަނީ އުތުރު ކޮރެއާއިން އެކަން ނުކުރުމަށް އަވަށްޓެރި ގައުމުތަކުން ގޮވާލާފައި ވަނިކޮށެވެ.

ޖަޕާނުގެ ބޮޑުވަޒީރު ފުމިއޯ ކިޝިދާ އާއި ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޯލް އަދި ޗައިނާގެ ބޮޑުވަޒީރު ލީ ކިއާންގް ހޯމަ ދުވަހު ސޯލްގައި ބޭއްވި ޓްރައިލެޓަރަލް ސަމިޓެއްގައި އުތުރު ކޮރެއާގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އެއްބަސްވެފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!