ޚަބަރު
ޓެލެތޯން ފަންޑަށް ބޮޑު ތަރުހީބެއް! 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދިޔަ “ފަލަސްޠީނާއެކު ދިވެހީން” ޓެލްތޯން ފަންޑަށް 14.8 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.

މިއީ ރޭ މެންދަމު 01:15 އާއިހަމައަށް ލިބިފައިވާ ފައިސާގެ ޢަދަދު ކަމަށް ޕަބްލިކް ސާވިސް މީޑިއާ، ޕީއެސްއެމުން ބުންޏެވެ.

ޓެލެތޯން ފަންޑަށް ޖަމާވެފައިވާ ފައިސާއާއި ގުޅޭގޮތުން، މިކަމަށް ކަނޑައަޅާފައިވާ މިނިވަން އޮޑިޓް ފާމް ކްރޯ މޯލްޑިވްސްއިން ބުނީ ފައިސާ ގުނުމުގެ ކަންކަން ލަސްވީ ގިނަ ޢަދަދެއްގެ ވަކިލާރި ލިބިފައި ހުރުމުން ކަމަށެވެ. ނަމަވެސް މިހާރު ލިބިފައިވާ ހުރިހާ ފައިސާއެއް ގުނާ ނިމިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް 14.8 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އޮޑިޓް ފާމުން ވަނީ ކަށަވަރު ކޮށްދީފައެވެ. ކްރޯ މޯލްޑިވްސް އިން ބުނީ ނަގުދު ދިވެހި ރުފިޔާގެ ގޮތުގައި ޓެލެތޯނަށް 723،948ރ. ލިބިފައިވާ ކަމަށެވެ. އަދި 1343 ޑޮލަރާއި 81 ޔޫރޯ ހަމައެކަނި ފަންޑު ފޮށިތަކަށް ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން އޮންލައިން ބޭންކް ޓްރާންސްފާ މެދުވެރިކޮށް 6.8 މިލިއަން ދިވެހި ރުފިޔާ ޖަމާވެފައިވާއިރު، ޑޮލަރު އެކައުންޓަށް 33،950 ޑޮލަރު ވަނީ ޖަމާވެފައެވެ.

ޕީއެސްއެމުން ކުރިއަށްގެންދިޔަ ޓެލެތޯން ކަވަރޭޖު ނިންމާލާފައިވީނަމަވެސް އަދިވެސް އޮންލައިންކޮށް ފައިސާ ޖަމާކުރުމުގެ ފުރުޞަތު ވަނީ މިއަދު އިރުއޮއްސި 06:00 އާއި ހަމައަށް އިތުރުކޮށްފައެވެ.

ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވީ، ފަލަސްޠީނާއެކު ދިވެހީން ފަންޑަށް އޮންލައިންކޮށް ފައިސާ ޖަމާކުރެވޭނެ ވަގުތު އިތުރުކުރީ ބޭންކަށް ފައިސާ ޖަމާކުރުމުގައި ދިމާވި ދަތިތަކުގެ ސަބަބުން އިތުރު ފުރުޞަތެއް ދިނުމަށް ކަމަށެވެ. އަދި ފަންޑު ފޮށިތަކަށް ފައިސާ ޖަމާކުރުމާއި ނަގުދު ފައިސާ ބަލައިގަތުން ރޭގެ ނިޔަލަށް ބަންދުކޮށްފައިވާކަންވެސް ޒީނާ ފާހަގަކުރެއްވިއެވެ.

ޕީއެސްއެމުން ބުނީ ފައިސާ ޖަމާކުރުމަށް އިއްޔެ މަސައްކަތް ކުރި ބައެއް ފަރާތްތަކަށް ބޭންކު މައްސަލައަކުން ފައިސާ ޖަމާނުވުމުގެ ޝަކުވާ ލިބިފައިވާ ކަމަށެވެ. އެހެން ދިމާވީ އެއްފަހަރާ ގިނަ ބަޔަކު އެއް އެކައުންޓަކަށް ފައިސާ ޖަމާކުރުމަށް މަސައްކަތް ކުރުމުން ކަމަށްވެސް ޕީއެސްއެމުން ބުންޏެވެ.

“ފަލަސްޠީޏާއެކު ދިވެހީން” ނަމުގައި ކުރިއަށްގެންދިޔަ ޓެލެތޯނަށް ވަނީ ޢާންމުންގެ ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން މާލޭގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައިވެސް ފަންޑުފޮށިތައް ބެހެއްޓިއެވެ. އެ ފަންޑު ފޮށިތަކުގެ ފައިސާ “ފަލަސްޠީނާއެކު ދިވެހީން” އެކައުންޓަށް ޖަމާކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ޕީއެސްއެމުން ބުންޏެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!