ޚަބަރު
ލަދުވެތިކަން ނެތްމީހަކީ ބޭރުފުށުގެ އިންސާނީ ސޫރަ ފިޔަވައި އެހެން ކަމެނުވާ މީހެއް: ޙުތުބާ

ލަދުވެތިކަމަކީ އިންސާނެއްގެ ގައިގައި ހުންނަން ޖެހޭ އެންމެ މާތް ސިފަ ކަމަށާއި، ލަދުވެތިކަން ނެތިމީހާ އަކީ ހަށިގަނޑުގައި ދައުރުވާ ލެޔާއި، ބޭރުފުށުގެ އިންސާނީ ސޫރަ ފިޔަވައި އެހެން ކަމެއް ނުވާ މީހެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާ ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާ ހާއްސަކޮށްފައިވަނީ ލަދުވެތިކަމާ އިއްފަތުގެ ރައްކާތެރިކަމުގެ މައްޗަށެވެ.

އެގޮތުން ޙުތުބާގައި ބުނެފައިވަނީ ލަދުވެތިކަން ނެތް މީހެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވާ ކަމަށެވެ. އަދި ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނެ ކަމަށެވެ. އަދި އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެ މީހެއް ކަމަށްވެސް ބުނެފައިވެއެވެ.

އެފަދަމީހުން އަމިއްލަ އެދުންތަކުން ދުރުވާނެ ކަމަށާއި، އެފަދަ މީހުން އުޅޭނެ ތަނަކީ، ސުވަރުގެ ކަމަށެވެ. ހަމައެފަދައިން، މަޙްޝަރު ދުވަހުގައި، މާތް ﷲ ދެއްވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، އެކަލާނގެ އެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި، ދުނިޔެ މަތީގައި ޢިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.

“މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނޭ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނޭ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހު. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތި. “ޙުތުބާ

ުހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުންނަށް ވެސް ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب ހުރިކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައި ވެއެވެ.

މީގެ އިތުރުން ފާހަގަ ކޮށްފައިވަނީ މުސްލިމަކު ކަމުގައި ތިބެމެ އީމާންކަމާއި ޢިއްފަތްތެރިކަމަށް ރައްކާތެރިވުމަށާއި، ލަދުވެތިކަމާ އިއްފަތް ރައްކާތެރިވާ ބަޔަކުކަމުގައި ވުމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!