މޯލްޑިވްސް ކަރެކްޝަން ސާވިސްގެ މުވައްޒަފުން އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި 13 މުވައްޒަފުން ހައްޔަރު ކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ އިދާރާއިން ބުނެފިއެވެ.
ފުލުހުން މިހެން ބުނީ މޯލްޑިވްސް ކަރެކްޝަންސްގައި މިހާރު ހިނގަމުންދާ މައްސަލައާއި ގުޅިގެން ކުރިއަށްދާ އޮޕަރޭޝަނުގެ ތެރެއިން 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން 9 މީހަކު މާފުށި ހައްޔަރުކޮށްފައިވާ ކަމަށާއި، ކާށިދޫން 2 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި 2 މީހަކު މާލެއިން ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ވަނީ ބުނެފައެވެ.
ޖަލު ބަލަހައްޓާ 18 އޮފިސަރެއްގެ އެކައުންޓްތަކުގައި 73 މިލިއަނަށްވުރެ ގިނަފައިސާ ހުރިކަމަށް 27 ޖޫންފައި ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައިވެސް ވަނީ ބުނެފައެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަބްދުﷲ ޝަރީފް ވިދާޅުވީ ގަވާއިދާ ހިލާފަށް މަނާތަކެތި ޖަލަށް އެތެރެކުރަން އެހީތެރިވެދީގެން ގިނަ އަދަދެއްގެ ފައިސާ ޖަލު އޮފިސަރުން ހޯދާފައިވާ ކަމަށެވެ.
ެ.