ޚަބަރު
ޕޯސްޓުމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު؛ ޖަމީލުގެ ހަށިގަނޑު ވަޅުލައިފި

މާފުށި ޖަލުގައި ނިޔާވެފައި އޮއްވާ ފެނުނު މުހައްމަދު ޖަމީލުގެ ޕޯސްޓު މޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން އޭނާގެ ހަށިގަނޑު ވަޅުލައިފިއެވެ.

ޖަމީލު މަރާމެދު އަނިޔާކޮށްފައިވާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވުމުން ޕޯސްޓްމޯޓަމް ހަދަން ނިންމިޔަސް، އާއިލާއިން އެކަމާ ދެކޮޅު ހަދައި ޖަމީލުގެ ހަށިގަނޑު ވަޅުލަން ބޭނުންވުމުން ފުރަތަމަ ފުލުހުން ވަނީ އާއިލާއާ ދެކޮޅަށް ޖަމީލުގެ ހަށިގަނޑު ގެންދަން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް ފަހުން ފުލުހުން ވަނީ ވަޅުލަން ހުއްދަ ދީފައެވެ.

ހުޅުމާލޭ ސަހަރާ ސަރަހައްދުގައި އެސްއޯ ފުލުހުން ވެސް ހަރަކާތްތެރިވި އިރު، އެ ސަރަހައްދަށް ހޯމް މިނިސްޓަރު އަލީ އިހުސާން އާއި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވެސް ވަޑައިގެންނެވިއެވެ. އަދި އެ ބޭފުޅުން ވަނީ އެ ޖަނާޒާގައި ބަައިވެރިވަޑައިގެންފައެވެ.

ޖަމީލްގެ ކަށުކަމާކެމީގެ ކަންތައް ނިންމައި ވަޅުލާފައިވަނީ ރޭ ފަތިސްނަމާދަށް ފަހުއެވެ.

ޖަލުގައި ޖަމީލަށް އަނިޔާ ކޮށްފައިވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރަން ފެށީ އޭނާގެ ހަށިގަނޑުގައި ނޫފައި ގެންފަައި ހުރުމުންނެވެ. އެކަމާއި ރޭ މިނިސްޓަރު އިހުސާން ވިދާޅުވީ، ޖަލުގައި ތިބޭ ގައިދީންގެ މަރުތަކަކީ ކަރެކްޝަނުން ތަހުގީގު ކުރާނެ މަރުތަކެއް ކަމަށާއި ޖަމީލް ނިޔާވުން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އިހުސާން ވިދާޅުވީ, މި މަރާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްއާރުސީއެމްއިން ވެސް އެ މައްސަލައިގެ އަމިއްލަ ތަޙްޤީޤެއް ކުރުމުގެ ފުރުސަތު ދޭނެ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ, އެ މައްސަލަ ބަލަން ބޭނުންވާ އިދާރާތަކަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖާއި އިތުރު ރިސޯސެސް ވެސް ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދެއްވި އެވެ.

ޖަމީލު ނިޔާވެފައި އޮއްވާ ނަގާފައިވާ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވެއެވެ. އެ ފޮޓޯއިން ފެންނަ ގޮތުން އޭނާގެ މޫނު އެކި ތަންތަން ވަނީ ލޭފާ ގެންފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި އޭނާ މަރުވީ ޖަލުގައި ދިން އަނިިޔާގެ ސަބަބުންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!