ޚަބަރު
އޭލެވެލް ކިޔަވައިދިނުމަށް އައު އިމާރާތެއް ބިނާ ކުރަނީ؛ ސީއެޗްއެސްސީ އަށް އެއްވެސް ބަދަލެއް ނާންނާނެ!
ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށާއި އެހެންނަމަވެސް ސީ.އެޗް.އެސް.ސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާގެ ވަޒީރު އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
ވަޒީރު އިސްމާއީލް ޝަފީއު ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ފުރަމާލެއަކީ ރާއްޖޭގެ އެންމެ ގިނަ ދަރިވަރުން ކިޔަވަމުންދާ ތަން ކަމަށާއި މިހިނގާ 2024 ވަނަ އަހަރ ގްރޭޑް 10 އެއްގައި 1700 ދަރިވަރުން ފުރަމާލޭގައި ކިޔަވަމުންދާ ކަމަށެވެ. އަދި މި ރަށުގައި އޭލެވެލަށް ކިޔަވައިދޭނެ ސަރުކާރުގެ ސްކޫލެއް ނެތުމަކީ އެކަމުގެ ދަތިކަން ގިނަ ދަރިވަރުންނަށާއި ބެލެނިވެރިންނަށް ފޯރަމުންދާ ކަމެއް ކަމަށް ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.
“މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ނިންމެވުމާ އެއްގޮތަށް މިއަންނަ ސެޕްޓެމްބަރު މަހު އޭލެވެލް ކިޔެވުން ފެށެންވާއިރަށް ކުރީގެ ސީ.އެޗް.އެސް.ސީގެ އިމާރާތުގައި އޭލެވެލް ކިޔެވެމުގެ އިންތިޒާމު ހަމަޖަހިގެން ދާނެވާހަކަ ދަންނަވަމެވެ.”
ވަޒީރު ވިދާޅުވީ ފުރަމާލޭގައި ސަރުކާރުގެ އޭލެވެލް ސްކޫލެއް ހުޅުވުމުން މާލެއިން ހުޅުމާލެއަށް ދަތުރުކުރާ އޭލެވެލް ދަރިވަރުންގެ އަދަދު މަދުވާނެ ކަމަށެވެ. އަދި، ގާތުން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު ތަންފީޒު ކުރެވި، އޭލެވެލްގެ ތައުލީމަށް ސަރުކާރުން ކުރާ ހޭދަވެސް މީހާރަށްވުރެ ކުޑަކުރެވޭނެއެވެ.
އެހެންކަމުން ކައިރި މުސްތަގުބަލެއްގައި އޭލެވެލް ކިޔަވައިދުމަށް މުޅިން އާއިމާރާތެއް މާލޭގައި ބިނާކުރެވޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެއެވެ. ހަމައެހެންމެ ފުރަމޭލޭގައި އޭލެވެލް ސްކޫލެއް ހުޅުވުމުގެ ސަބަބުން ހުޅުމާލޭގައި ގާއިމު ކޮށްފައިވާ ސީ.އެޗް.އެސް.ސީ އަށް އެއްވެސް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަންވެސް ވަޒީރު ޝަފީއު ވަނީ ދެއްވާފައެވެ.
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!