ނ.ޅޮހީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށީގެ ކޮންކްރީޓް މަަސައްކަތްތަކުގެ 44 ޕަސެންޓް ނިމިއްޖެވެ.
މޯލްޑިވްސް ޓާރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ބުނެފައިވަނީ އެ މަޝްރޫޢުގެ ދަށުން، 66,701 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނ.ޅޮހީ ބަނދަރު ތަރައްޤީ ކުރުން: ފޮޓޯ އެމްޓިސީސީ
މީގެ އިތުރުން 2,205 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 366 މީޓަރުގެ އެއްގަމުތޮށި ލުމާއި، 321 މީޓަރުގެ ސަރަޙައްދެއްގެ ބޭރުތޮށި ލުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުންވެސް ހިމެނޭ ކަމަށެވެ. އަދި 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 1,720 އަކަ މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޕޭވްމަންޓް ހެދުންވެސް ހިމެނޭ ކަމަށް ބުނެފައި ވެއެވެ.
އެމްޓިސީސީން ބުނީ ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، މޫރިންގ ބޯއީސް ހަރުކުރުމުގެ މަސައްކަތް ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ.
މި މަޝްރޫޢަކީ 64.87 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވެސް އެމްޓިސީސީން ބުނެފައި ވެއެވެ.