ޚަބަރު
ފެނަކައަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރަނި: މުއާޒު

ފެނަކައިން ކުރަން ގަސްތުކޮށްފައިވާ މަސައްކަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ކުންފުނީގެ ދަރަނިކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޓްގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ އެވެ.

މުއާޒު މިހެން ވިދާޅުވީ “ހުވަދޫ މީޑިއާ” އަށް ދެއްވީ ހާއްސަ އެކްސްކުލޫސިވް އިންޓަވިއުއެއްގައެވެ.

ފެނަކަ ކޯޕަރޭޝަންގެ މަސައްކަތްތަކާއި، އަދި ކުރިއަށް ރޭވިފައިހުރި ކަންކަމާއި ގުޅޭ ގޮތުން މުއާޒު ވިދާޅުވީ މިހާރު ކުރިއަށް ގެންދަންފަށާފައިވާ މަސައްކަތްތަކަށް ބަލާއިރު ދަތިތަކެއް އެބަހުރިކަމަށެވެ. އެންމެ ބޮޑު ދަތިކަމަކީ ފައިސާގެ ދަތިކަންކަމަށްވެސް ވިދާޅުވިއެވެ.

މުއާޒު ފާހަގަކުރެއްވީ ފައިސާގެ ދަތިކަމާހުރެ ވަރަށް ގިނަ ކޮންޓެކްތަރުންނަށް ފައިސާ ނުދެއްކިގެން ދަރާފައިވާ ކަމަށެވެ. އަދި ސަޕްލަޔަރުންނަށްވެސް ދަރާފައިވާ ކަމަށް މުއާޒު ވިދާޅުވިއެވެ.

މުއާޒު މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރު ފެށުނުއިރު ސަރުކާރުން ފާހަގަކުރެއްވީ ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް ވަނީ އަރާފައިކަމަށެވެ. އެގޮތުން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައްކަން ޖެހޭ ލޯންތައް ކަމުގައިވެސް އޭރު ފާހަގަކޮށްފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!