ޚަބަރު
ޑަބްލިއު.ޑީ.ސީގެ މަސައްކަތުން ރަނގަޅު މުޖުތަމަޢެއް ބިނާވުމުގެ ފުރުސަތު ބޮޑު: އާދަމް ޝަރީފު އުމަރު
ކޮންމެ ރަށެއްގައިވެސް ގާއިމްކޮށްފައިވާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ތަކުން ކުރާ މަސައްކަތްތަކުގެ ސަބަބުން ރަނގަޅު މުޖުތަމައެއް ބިނާވުމުގެ ފުރުސަތު ބޮޑު ކަމަށް ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ.އާދަމް ޝަރީފް އުމަރު މިހެން ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރުގެ އިތުރުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު އާދަމް އާޒިމްވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި އެ ކައުންސިލުގެ ޑަބްލިޔޫ.ޑީ.ސީން ކޮށްފައިވާ ކަންތައްތައްތައް ވަޒީރުއާއި ޙިއްސާކޮށްދީފައެވެ. އަދި ކުރިއަށްރާވާފައިވާ ކަންތައްތަކާއި، ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.

މީގެ ކުރިން އަންހެނުންގެ ތަރައްގިއަށް މަސައްކަތް ކުރާ ކޮމެޓީތަކުން މަސައްކަތް ކުރުމުގައި ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނަކަން ފާހަގަ ކުރެވެއެވެ. ނަމަވެސް މިފަހުން އެ މައްސަލަތައް ހައްލުކުރުމުގެ މަސައްކަތްތައް ސަރުކާރުން ފަށާ އެ މެމްބަރުންނަކީ ޒިންމާދާރުކަމާއެކު މަސައްކަތް ކުރެވޭ ބަޔެއްކަމަށް ހެދުމުމަށް ވަނި މަސައްކަތްތަކެއް ކުރައްވާފައި ކަންވެސް ފާހަގަ ކުރެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!