އިސްރަށްވެހިންގެ ނާދީގައި އިއްދައާއި، ރަހިމާއި އުރަމަތީގެ ކެންސަރާ ގުޅޭ މަޢުލޫމާތު ސެޝަނެއް ބޭއްވުމަށްވަނީ ހަމަޖެހިއްޖެއެވެ.
އެ ސެޝަން ނަންގަވައިދެއްވާނީ ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމެން ކްލިނިކްގެ ފަރާތުން 11 ޖުލައި ވާ ބުރާސްފަތި ދުވަހުގެ 16:15 އިން 17:45 އަށެވެ.
އުމުރުން ދުވަސްވާއިރު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަކީ ނުހަނު މުހިންމު ކަމެކެވެ.
ރަހިމާއި އުރަމަތީގެ ކެންސަރާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތައް އިސްރަށްވެހިންގެ ނާދީއިން ސިލްސިލާގޮތެއްގައި ކުރިއަށް ގެންދާނެ ކަމަށް އާއިލީ ތަރައްގީ އާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
އެ ސެޝަނުގައި އުމުރުން 55 އަހަރުން މަތީގެ އަންހެން ބޭފުޅުން ބައިވެރިވުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިލްތިމާސްކޮށްފައެވެ.