ޚަބަރު
ސަރުކާރަށް އެއްބާރުލުން ދެއްވުމަށް ބައްސާމް އިސްތިއުފާ ދެއްވައިފި، ޖިންސީ ފުރައްސާރައިގެ މައްސަލައެއް ނެތް!

މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ރައީސުލް ޖުމްހުރިއްޔާގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތައް އެއްބާރުލުން ދެއްވުމުގެ ނިޔަތުގައި ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ބައްސާމް އާދަމް ވިދާޅުވެއްޖެއެވެ.

ބައްސާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީއަށް ކުރިމަތިވި އެންމެ ދަތި ވަގުތުގައި އެ ކުންފުނި ހިންގެވުން އޭނާއާ މަތިކުރައްވައި ރައީސް މުއިއްޒު ކުރެއްވި އިތުބާރަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. މުސްތަގުބަލުގައި ވެސް ފަތުރުވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމުގައި ހިއްސާވެވަޑައިގަންނަވާނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

އަދި މީގެ އިތުރަށް ބައްސާމްގެ މައްޗަށް ކުރެވުނު ޖިންސީ ގޯނާގެ މައްސަލަ އެކޯޕަރޭޝަނުން ވަނީ ތަހުގީގުކޮށްފައެވެ. މައްސަލަ ނިންމި ގޮތުގެ ކޮޕީއެއް މި ނޫހަށް ވަނީ ލިބިފައެވެ.

އެ މައްސަލަ ބެލި ކޮމިޓީން ނިންމާފައިވާ ނިންމުން އަންގަވައި ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝިއުރީ ބައްސާމަށް ފޮނުއްވި ސިޓީގައި ވަނީ އެ ތުހުމަތު ތަހުގީގުކުރުމަށްފަހު އޭޕްރީލު މަހުގެ 29 ވަނަ ދުވަހު ކޮމިޓީން ނިންމީ އައިޓީބީ ފެއާގައި ބައިވެރިވި އެއްވެސް މުވައްޒަފަކަށް ކުންފުނީގެ އެހެން މުވައްޒަފެއްގެ ފަރާތުން ޖިންސީ ފުރައްސާރައެއް ކުރިމަތިވެފައި ނެތް ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!