ޚަބަރު
ދުނިޔެ ފަސާދަކުރަން އުޅޭމީހުންނަށް، ފިރުއައުނު ޣަރަޤު ކުރެއްވި ހާދިސާއިން އިބްރަތް ލިބިގަންނަން ޖެހޭ!

ފިރުއައުނު ޣަރަގު ކުރެއްވި ހާދިސާއިން އެނގިގެންދަނީ ޢިބުރަތްތަކާއި ދަރުސްތައް ކަމަށާއި، މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުދެއްވައި، ނެތިކުރައްވާނެ ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޙުތުބާ އަލިއަޅުވާލާފައިވަނީ އާޝޫރާ ދުވަހުގެ މާތް ކަމާއި ގުޅުވައިގެންނެވެ. އެގޮތުން ޙުތުބާގައި ފާހަގަކޮށްފައިވަނީ މުޙައްރަމް މަހުގެ ދިހަވަނަ ދުވަހަކީ، ނުވަތަ ޢާޝޫރާ ދުވަހަކީ، ހެޔޮކަމާއި، ޒިކުރާތަކާއި، ފިލާވަޅުތަކުން ފުރިގެންވާ ދުވަހެއް ކަމުގައެވެ. ޢާޝޫރާ ދުވަހަކީ، ފިރުޢައުނުގެ ކިބައިން مُوْسَىގެފާނު ސަލާމަތްކުރައްވައި، ފިރުޢައުނާއި، އޭނާގެ ލަޝްކަރު ޣަރަޤުކުރެއްވި ދުވަސް ކަމުގައެވެ. ބަނީ އިސްރާއީލު ބާގައިގެ މީހުން ސިއްރިއްޔާތުގައި މިޞްރުން ނުކުތުމުން، ފިރުޢައުނު އޭނާގެ ލަޝްކަރީން އެއްކޮށް، مُوْسَىގެފާނާއި އެކަލޭގެފާނުގެ ޤައުމު މުޅިން ނައްތައިލުމަށް ޓަކައި ނުކުތް ދުވަސްވެސް ކަމަށެވެ.

ިއެ ފަދަ ޙާދިސާތަކުން އެގިގެންދަނީ ގިނަގުނަ ޢިބުރަތްތަކާއި ދަރުސްތައްކަމަށާއި، އެންމެ މުހިންމު ފިލާވަޅަކީ، اللهُ سُبْحَانَهُ وَتَعَالَى އެކަލާނގެއަށް އީމާންވާ މީސްތަކުންނާއި، އެކަލާނގެ ނަބިއްޔުންނާއި ރަސޫލުން، ނަށް ދިމާވި ބޮޑެތި މުޞީބާތްތަކުން ސަލާމަތްކުރައްވާ ގޮތް އެނގި، އީމާންކަން ހަރުދަނާކުރުންކަމަށްވެސް ބުނެފައި ވެއެވެ.

މާތް الله އަށް ކާފިރުވެ، ދުނިޔެ ފަސާދަކުރަން އުޅޭ މީހުންނަށް، ގަދަފަދަ ޢަޛާބުން ޢަޛާބުދެއްވައި، ނެތިކުރައްވާނެކަމަށާއި އެފަދަ މީހުންނަށް އެ ކަމުގައި ކާމިޔާބު ނުލިބޭނެކަމަށެވެ. އަދި ކޮންމެ މީހަކުވެސް ފަސާދަޔާ ދެކޮޅަށް ތެދުވާން ޖެހޭނެކަމަށްވެސް ބުނެފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!