ޚަބަރު
ނެޝަނަލް ޑްރަގް އެޖެންސީ އާއި ގިރިންދާ ޖަމިއްޔާ އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މަސްތުވާތަކެތި ބޭނުންކުރުމާއި ދެވިހިފުމުގެ ބަލި ތަހައްމަލްކުރާ ފަރާތްތަކަށް ފަރުވާގެ ބައެއް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް ޑްރަގް އެޖެންސީ، “އެންޑީއޭ” އާއި ތިނަދޫގައި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރަމުންދާ ޖަމިއްޔާ، “ގިރިންދާ” އާ ދެމެދު މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގ، އެމްއޯޔޫ އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގެ މަޤްޞަދަކީ ގދ. އަތޮޅަކީ މަސްތުވާތަކެތީގެ ނުރައްކަލުން ސަލާމަތް ވެފައިވާ މަސްތުން ސާފު މުޖުތަމަޢަކަށް ހެދުމާކު އަތޮޅުގެ ފަރުދުން، ޚާއްޞަކޮށް ޒުވާނުންނަކީ އިސްލާމީ ތަރުބަވީ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތީން މުޖުތަމަޢަށް ފައިދާހުރި ހަރުދަނާ ބަޔަކަށް ހެދުމަށްޓަކައި، މަސްތުވާތަކެތި ބޭނުން ކުރުމާއި ދެވި ހިފުމުގެ ބަލި ތަހައްމަލު ކުރާ ފަރާތްތަކަށް ވަށައިޖެހޭ ފަރުވާގެ ޚިދުމަތްތަކެއް ފޯރު ކޮށްދިނުމުގެ ގޮތުން ނޭޝަނަލް ޑްރަގް އޭޖެންސީގެ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫ ފަރުވާދޭ މަރުކަޒު، ގދ. ތިނަދޫ ސެންޓަރ އާއި ގިރިންދާ ޖަމްޢިއްޔާ ގުޅިގެން ހަރުދަނާ މަސައްކަތްތަކެއް ކުރުން ކަމަށް އެ އެޖެންސީ އިން ވަނީ ހާމަކޮށްފައެވެ.

މި އެމްއޯޔޫގެ މުއްދަތަކީ މީލާދީ ގޮތުން ހިނގާ ފަސް އަހަރު ދުވަހެވެ. އެގޮތުން މި އެމްއޯޔޫ ހިނގަންފަށާނީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ 17 ވަނަ ދުވަހުން ފެށިގެންނެވެ. މި އެމްއޯޔޫގެ މުއްދަތު ހަމަވިނަމަވެސް މި އެއްބަސްވުން އާކުރުމަށް ނުވަތަ އިތުރަށް ކުރިޔަށް ގެންދަން ބޭނުންނުވާކަމަށް އެމްއޯޔޫގެ އެއްވެސް ބައިވެރިޔަކު ހުށަހަޅާފައި ނުވާނަމަ އެމްއޯޔޫގެ މުއްދަތު ހަމަވި ތާރީޚުން ފެށިގެން އިތުރު 5 އަހަރު ދުވަހުގެ މުއްދަތަށް އެމްއޯޔޫ ދެމިގެން ދާނެއެވެ. މި އެމްއޯޔޫގެ މައްޗަށް ހިނގާ ޤާނޫނު، މި އެމްއޯޔޫގެ ދަށުން އަދާކުރަންޖެހޭ އެންމެހާ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރަންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޤާނޫނުތަކާއ ޤަވާޢިދުތަކާއި އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތީންނެވެ.

މި އެމްއޯޔޫގައި ހިމެނޭ ގިރިންދާގެ މަސްޢޫލިއްޔަތުތަކަކީ

  • ގިރިންދާ ފަރުވާދޭ މަރުކަޒުން ފަރުވާގެ ޚިދުމަތްހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގަންޖެހޭ ކްލާސްތަކާއި ގްރޫޕް ސެޝަންތަކާއި ސެމިނަރ ހިންގުމުގައި ފަރުވާދޭ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނު
  • ފަރުވާގެ ޚިދުމަތްހޯދާ ފަރާތްތަކަށް އަމާޒުކޮށްގެން ފަރުވާދޭ މަރުކަޒުން ކުރިޔަށްގެންދާ ތަފާތު އެކި ޕްރޮގްރާމްތަކާއި ޙަރަކާތްތަކުގައި ފަރުވާދޭ މަރުކަޒަށް އެހީތެރިކަން ފޯރުކޮށްދިނުން
  • މުޖުތަމަޢުގައި ތިބި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް ފަރުވާގެ ނިޒާމާއި ގުޅުވައިދިނުމަށްޓަކައި އެފަދަ މީހުންނާ އެފަދަ މީހުންގެ ޢާއިލާތަކުގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމާއިއެކު ފަރުވާއަށް ޝައުޤުވެރިކުރުވުމުގެ މަސައްކަތްކުރުމުގެ ގޮތުން އައުޓްރީޗްގެ އެހީތެރިކަން ފޯރުކޮށްދިނުން
  • މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ނޭޝަނަލް ޑްރަގް އޭޖެންސީ – ގިރިންދާ ޖަމްޢިއްޔާ ފަރުވާގެ ޚިދުމަތް ހޯދާ ކްލައިންޓުންނަކީ މުޖުތަމަޢަށް ފައިދާހުރި ބަޔަކަށް ހެދުމަށްޓަކައި ރިކަވަރީ ސަޕޯޓް ކޮމިއުނިޓީއެއް އުފައްދާ އާފްޓަރކެއަރގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސުން
  • ފަރުވާ ފުރިހަމަކޮށް އަލުން އަނބުރާ މުޖުތަމަޢާއި ގުޅޭއިރު ކްލައިންޓުންނަށް ދިމާވާ ޢާއިލީ މައްސަލަތައް ޙައްލުކުރުމަށްޓަކައި އެފަދަ ޢާއިލާތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުން
  • ފަރުވާދޭ މަރުކަޒުން ޚިދުމަތްހޯދާ ކްލައިންޓުންނަށް އަމާޒު ކޮށްގެން ޖަމްޢިއްޔާއިން ހިންގާ އެކިއެކި ޙަރަކާތްތަކާއި ޕްރޮގްރާމްތަކުގެ މަޢުލޫމާތު ހިމެނޭ ތަފްޞީ ލީ އަހަރީ ރިޕޯޓް ނިމުނު އަ ހަރުގެ ޙަރަކާތްތަކުގެ އަހަރީ ރިޕޯޓް ހިނގަމުންދާ ކޮންމެ މީލާދީ އަހަރެއްގެ ޖެނުއަރީމަސް ނިމުމުގެ ކުރީން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހުށަހެޅުން
  • ފަރުވާގެ ޕްރޮގްރާމާއި ގުޅިގެން މައިގަނޑު ގޮތެއްގައި ހިނގާ ހުރިހާ ޕްރޮގްރާމްތަކެއްގެ ތަފްޞީލީ ރިޕޯރޓް އެ ޕްރޮގްރާމެއް ހިންގާ ނިމޭތާ މަދުވެގެން 2 ހަފްތާގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހުށަހެޅުން

އެންޑީއޭ އާއި ގިރިންދާ ޖަމިއްޔާ އާ ދެމެދު އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން….ފޮޓޯ:ހުވަދޫމީޑިޔާ/އަހްތަރު

މި އެމްއޯޔޫ ގައި ނޭޝަނަލް ޑްރަގް އޭޖެންސީއމް އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތަކުގެ ތެރޭގައި:

  • ފަރުވާގެ ޚިދުމަތްތަކާއި ގުޅޭގޮތުން ޖަމްޢިއްޔާއިން ބާއްވާ ބައްދަލުވުންތަކާއި ހިންގާ ސެމިނަރ، ވޯކްޝޮޕް ފަދަ ހަރަކާތްތައް ހިންގުމަށް ފަރުވާދޭ މަރުކަޒުގެ ކްލާސްރޫމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައިދިނުން
    ޖަމްޢިއްޔާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ކަމާއި ގުޅުންހުރި ތަޖުރިބާއާއި ތަމްރީން ލިބިފައި ތިބި ބަޔަކަށް ހެދުމަށްޓަކައި ނޭޝަނަލް ޑްރަގް އޭޖެންސީން ހިންގާ ތަމްރީންތަކާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ނޭޝަނަލް ޑްރަގް އޭޖެންސީއަށްލިބޭ ތަމްރީން ފުރުޞަތުތަކުގައި ޖަމްޢިއްޔާގެ މުވައްޒަފުންނާއި ކަމާއިގުޅުންހުރި މެމްބަރުން ބައިވެރިކުރުން
  • މަސްތުވާތަކެތި ބޭނުންކުރުން ހުއްޓުވުމަށް ނޭޝަނަލް ޑްރަގް އޭޖެންސީން ކުރާ މަސައްކަތްތަކުގައި ޖަމްޢިއްޔާ ބައިވެރިކުރުވުމާއި  އެކަމަށްޓަކައި ޖަމްޢިއްޔާއަށް ބޭނުންވާ ލަފައާއި އިރުޝާދު ދިނުމާއި ޖަމްޢިއްޔާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
  • މެމޯރަންޑަމް އޮފް އަންޑަރސްޓޭންޑިންގ ނޭޝަނަލް ޑްރަގް އޭޖެންސީ ގިރިންދާ ޖަމްޢިއްޔާ ރިޕޯރޓްކުރުން

މި އެމްއޯޔޫއާއި ގުޅިގެން އިދާރީގޮތުން ރިޕޯޓްކުރަންޖެހޭ އެންމެހާ ކަންކަމެއް ރިޕޯޓްކުރާނީ ނޭޝަނަލް ޑްރަގް އޭޖެންސީއަށެވެ.

ފަރުވާގެ ޕްރޮގްރާމްތަކާއި ގުޅޭގޮތުން ފަންނީގޮތުންނާއި އިދާރީގޮތުން ނިންމަންޖެހޭ ބޮޑެތި ނިންމުންތައް ނުވަތަ ފަހުގެ ނިންމުން ނިންމާނީ ނޭޝަނަލް ޑްރަގް އޭޖެންސީން ކަމަށްވެސް މި އެމްއޯޔޫ ގައި  ބުނެފައިވެއެވެ.

އެމްއޯޔޫގައި އެންޑީއޭ ގެ ފަރާތުން ސޮއި ކުރެއްވީ ހޯމްމިނިސްޓަރ ޑެޕިއުޓީ މިނިސްޓަރ އަދި އެންޑީއޭގެ އެކްޓިންގ ސީއީއޯ މުހައްމަދު ރާޝިދެވެ. ގިރިންދާ ޖަމިއްޔާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ގިރިންދާ ޖަމިއްޔާގެ ރައީސް މުހައްމަދު ޖާވީދެވެ.

މި އެމްއޯޔޫގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހޯމްމިނިސްޓަރގެ ޑެޕިއުޓީ މިނިސްޓަރ އާއި ގިރިންދާގެ ރައީސްގެ އިތުރުން ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަކީ:

  • ރަތީބާ (އެންޑީއޭ ޒިންމާދާރު ވެރިޔާ)
  • މަރިޔަމް އަސްރާ ( ޓްރީޓްމަންޓް ހެޑް)
  •  ފަސީހު ( ޕްރިވެންޝަން ހެޑް)
  • ޝިއުނާ ( ހުރިހާ މަރުކަޒު ތަކަކާ ހަވާލުވެ ހުންނަވާ)
  • މަމްދޫނާ (ޕްރިވެންޝަން)
  • ހިލްމީ ( ލީގަލް ހެޑް)
  • ޙުސައިން އާދަމް ( ނާއިބް ރައީސް ގިރިންދާ )
  • މަރިޔަމް އަންޖުމް ( ހިނގުމާ ސެކްރެޓަރީ ގިރިންދާ )
  • ޚަދީޖާ އިޝާމާ (ހަޒާން ދާރު ގިރިންދާ)
This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!