ޓާމް ޗުއްޓީތަކުގައި މުދައްރިސުން އެއްވެސް މަސައްކަތަކަށް ސްކޫލަށް ނެރުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ، ޝިފާޒް މުހައްމަދު ސޮއިކުރައްވައި، ސްކޫލްތަކަށް މިއަދު ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވަނީ ހިނގަމުން މިދާ 2024 ވަނަ އަހަރުގެ ދިރާސީ ފުރަތަމަ ޓާމް އާއި ދެވަނަ ޓާމް ބަންދު އަދި މިޑް ޓާމް ބަންދުގައި މުދައްރިސުން ސްކޫލަށް ނެރުމަކީ މަނާކަމެއް ކަމަށެވެ.
ޓާމް ޗުއްޓީގައި މުދައްރިސުން ސްކޫލަށް ނެރުން މަނާކޮށްފައިވާއިރު، މީގެ ކުރިން ޓާމް ޗުއްޓީތަކުގައި މުދައްރިސުން އެކި ކަހަލަ މަސައްކަތްތަކަށް ސްކޫލަށް ހާޒިރުވެއެވެ.