ޚަބަރު
ރައީސްކަން ކުރެއްވި 8 ބޭފުޅުންނަކީ މަޖީދިއްޔާ ދަރިވަރުން؛ ގައުމުގެ ތަރައްގީގައި އެސުކޫލުގެ ހިއްސާ ބޮޑުކަމުގެ ހެއްކެއް: ޝަފީއު

ރާއްޖޭގެ ތަރައްގީގައި މަޖީދިއްޔާ ސުކޫލުގެ ހިއްސާ ވަރަށް ބޮޑުކަމަށާއި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި 8 ބޭފުޅުން އެ ސުކޫލުގެ ދަރިވަރުންނަށް ވުމަކީ އޭގެ ހެއްކެއްކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ

ވަޒީރު މިހެން ވިދާޅުވީ، މަޖީދިއްޔާ ސްކޫލަށް 100 އަހަރުފުރެން 1000 ދުވަސް ފެށުމުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރުން ފާހަގަކުރުމަށްވަނީ 1000 ދުވަހުގެ ކައުންޓްޑައުންއެއް ފަށާފައެވެ. މިކައުންޓް ޑައުން ފައްޓަވާދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.

ރާއްޖޭގެ ތަރައްޤީގައި މަޖީދިއްޔާ ސްކޫލްގެ ޙިއްސާ ވަރަށް ބޮޑުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެކަމުގެ ހެއްކަކީ ރާއްޖޭގައި ރައީސުލްޖުމްހުރިއްޔާކަން ކުރެއްވި 8 ބޭފުޅުން އެސްކޫލުގެ ދަރިވަރުންނަށް ވާ ކަމެވެ.

މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރެން 1000 ދުވަހުގެ ކައުންޓްޑައުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައިވަނީ އެސްކޫލްގައި 20 އަހަރާއި 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ބޭފުޅުންގެ އަގުވަޒަންކޮށް ޝަރަފް އަރުވާފައެވެ. މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރޭނީ 2027 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގައެވެ.

ފެށިގެންދިޔަ ކައުންޓްޑައުން މުއްދަތުގައި މަޖީދިއްޔާ ސްކޫލަށް ޤަރުނެއް ފުރޭ މުނާސަބާއާއި ގުޅިގެން ސްކޫލްގައި ޚާއްސަ މޮނިއުމަންޓެއް ބެހެއްޓުމަށް ބޭނުންވާ ފަންޑު ހޯދުމަށްވަނީ ހަމަޖެހިފައެވެ. މިފަންޑަށް ފައިސާ ހޯދުމަށް ބުދަ ދުވަހުގެ ރޭ އެސްކޫލްގެ ޞަލާޙުއްދީން ހޯލްގައި ސްކޫލްގެ މުސްކުޅި ދަރިވަރުންގެ ބޭންޑުން ޝޯވ އެއްބޭއްވުމަށްވެސް ވަނީހަމަޖެހިފައެވެ.

ރާއްޖޭގެ ހުޅަނގުގެ ސްޓައިލްގެ ފުރަތަމަ ސްކޫލަކީ 1927 ވަނަ އަހަރު އުފެދުނު މަޖީދިއްޔާ ސްކޫލެވެ.

މަޖީދިއްޔާ ސްކޫލަކީ ރާއްޖޭގެ ފުރަތަމަ ދިވެހި ސަރުކާރުގެ ސްކޫލެވެ. އެއީ 2010 ވަނަ އަހަރު ދެ ޖިންސުގެ ދަރިވަރުންނަށް ޕްރައިމަރީ އެޑިއުކޭޝަން ތައާރަފްކުރުމާ ހަމައަށް ހަމައެކަނި ފިރިހެން ކުދިންނަށް ސެކަންޑަރީ ފެންވަރަށް ކިޔަވައިދެމުން އައި ސްކޫލެކެވެ. ދިވެހިބަހާއި އިސްލާމް ފިޔަވައި ކިޔަވައި ދިނުމުގައި ގެންގުޅެނީ އިނގިރޭސި މީޑިއަމެވެ. އެންމެ ފުރަތަމަ ޖީސީއީ އޯލެވެލް ކްލާސްތައް ފެށީ 1960 ވަނަ އަހަރެވެ. 1962 ވަނަ އަހަރު ސްކޫލް ޔުނީފޯމް ހުދު ގަމީހާއި ނޭވީ ބްލޫ ފަޓުލޫނަށް ބަދަލުކުރި އެވެ. 1962 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 11 ވަނަ ދުވަހު ޕްރިފެކްޓުންގެ ފުރަތަމަ ބެޗް އިންތިޚާބުކޮށް 2011 ވަނަ އަހަރު މަޖީދިއްޔާއިން ކެމްބްރިޖް އޯލެވެލް އިމްތިހާނަށް ކިޔަވައިދޭން ފެށިއެވެ. އެއީ ލަންޑަން އޯލެވެލް އިން ކެމްބްރިޖް އޯލެވެލް އަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުމާ ގުޅިގެންނެވެ.

ތައުލީމީ ސިޔާސަތަށް ގެނައި ބަދަލުގެ ސަބަބުން މަޖީދިއްޔާގައި ކޯ އެޑިއުކޭޝަން ފޯރުކޮށްދީ، 2011 ވަނަ އަހަރު ގްރޭޑް އެކެއްގައި ކިޔަވައިދޭން ފެށުމާއެކު، މަޖީދިއްޔާގެ ތާރީހުގައި ފާހަގަކޮށްލެވޭ ވަރަށް ބޮޑު ކާމިޔާބީއަކާ އެކު، ސެކަންޑަރީ ސްކޫލެއް ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗިން ސްކޫލަކަށް ބަދަލުކުރި އެވެ. އެހެންކަމުން ގްރޭޑް އެކަކުން ފަށައިގެން 10 އާ ހަމައަށް އެންމެ ފުރަތަމަ ނިންމި ބެޗަކީ 2021 ވަނަ އަހަރުގެ ބެޗެވެ.

މަޖީދިއްޔާ ސުކޫލުގެ މޮޓޯ :”ނިހިލް ލޭބާ ޑިފިސިލް”  މާނަ: “ބުރަ މަސައްކަތުން ނުކުރެވޭނެ ކަމެއް ނޯންނާނެ”

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.
  1. މަޖީދު

    ގައުމީ ޔުނިވަރުސިޓީ ޕްރީ ސްކޫލުން ފަށައިގެން ގޮސް ޕީއެޗްޑީ ހަދާ މަރުކަޒަކަށް ބަދަލުކޮށްލަމާ! ވަރަށް ސަޅިވާނެ. ދުނިޔޭގެ ރެކޯޑަކަށް ވާނެ. ޑިމޮކްރަސީ މިރާއްޖެއަށް އައީ ވަންވޭ މަގުތަކުގެ ކޮޅު ބަދަލުކޮށްފައި އެމަގުތަކުން ވަދެގެން. ވަރަށް ސަލާން