ޚަބަރު
ގެދޮރު ބިނާކުރުމުގައި ދިމާވާ މައްސަލައަށް ހައްލެއް ހޯދުމަށް ކަނޑުހުޅުދޫ ރައްޔިތުން ސަރުކާރުގައި އެދިއްޖެ

ޙާލު ކިހިނެއް، ޕްރޮގްރާމުގެ ދަށުން ގއ. ކަނޑުހުޅުދޫގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމުން އެރަށުގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ގެދޮރު ބިނާކުރުމުގައި ދިމާވާ މައްސަލަކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ އެ ޕްރޮގުރާމްގައި އެރަށުގެ މިހާރު ދިރިއުޅެމުންދާ 565 މީހުންގެ ހާލުވަނީ ބަލާފަ ކަމަށް ބުނެފައެވެ.

ކަނޑުހުޅުދޫ ރައްޔިތުން /ފޮޓޯ: ގޫގްލް

ކަނޑުހުޅުދޫއަކީ 1004 މީހުންގެ އާބާދީއެއް އޮތް ރަށެކެވެ. އާއިލާ ތަރައްގިއާއި ބެހޭ ވުޒާރާއިން ބުނީ އެ ރަށުގައި އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތް ކަމަށާއި، ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމާއެކު ދިމާވާ އިޖުތިމާޢީ މައްސަލަތައް އެރަށުން ފާހަގަވެފައިވާ ކަމަށެވެ.

” ކަނޑުހުޅުދޫގައި ނުކުޅެދުންތެރިކަން ހުންނަ 27 ފަރާތަކާއި، 65 އަހަރުން މަތީގެ 36 މީހުން ރަށުގައި އެބަތިބި. މި އެންމެންނަށް ވެސް މިހާރު ދައުލަތުގެ ސޯޝަލް ޕްރޮޓެކްޝަން ނިޒާމުގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދެމުންދަނީ “ހާލު ކިހިނެއް؟” ޕްރޮގްރާމުގެ ތެރެއިން ވަނީ ކަށަވަރުކުރެވިފަ. ”  ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ކަނޑުހުޅުދޫގައި މީހުން ދިރިއުޅޭ 102 ގެ ހުރިއިރު، 97 ގެ އަށް ވަނީ ޒިޔާރަތްކުރެވި ޢާއިލާތަކުގެ ހާލު ބެލިފައެވެ.

ކަނޑުހުޅުދޫގެ ގެތަކަށް ކުރި ޒިޔާރަތްތަކުގައި ރައްޔިތުންގެ ފަރާތުން ލިބުނު މަޢުލޫމާތައް ބަލާއިރު، ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރެވިފައި ވަނީ ގެދޮރު ބިނާކުރުމުގައި ދިމާވާ ދަތިތަކުގެ މައްސަލައެވެ.

އެކަށީގެންވާ ބޯހިޔާވަހިކަމެއް ނެތުމުން ގިނަ ޢާއިލާތަކެއް އެއްތަނެއްގައި އުޅެން ޖެހުމާއެކު ދިމާވާ އިޖުތިމާޢީ މައްސަލަތައް ހުރިކަން ކަނޑުހުޅުދޫގެ ގެތަކަށް ކުރި ޒިޔާރަތްތަކުން ވަނީ ދެނެގަނެވިފައި ކަމަށްވެސް ބުނެފައި ވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!