ޚަބަރު
އެލްޖީއޭގެ ބޯޑު މެމްބަރު ކަމަށް ށ. އަތޮޅުގެ ރައީސް އިންތިހާބު ވެއްޖެ

ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ބޯޑް މެމްބަރުކަމަށް ށ. އަތޮޅުގެ ރައީސް އިންތިހާބު ވެއްޖެއެވެ.

ލޯކަލް ގަވަރުމެންޓް އޮތޯރިޓީގެ ބޯޑަށް އަތޮޅު ކައުންސިލް ރައީސުންގެ ތެރެއިން އިންތިހާބު ކުރަންޖެހޭ މެމްބަރުން ހޮވުމަށް ބޭއްވުނު އިންތިހާބުގެ ނަތީޖާ ދައްކާގޮތުން ހޮވިފައިވަނީ ށ. އަތޮޅުގެ ރައީސް މުހައްމަދު ޝިޔާމްއެވެ.

ޝިޔާމް އެލްޖީއޭގެ ބޯޑުގެ ގޮނޑި ކާމިޔާބު ކުރެއްވީ 9 ވޯޓުންނެވެ.

މި އިންތިހާބު ބޭއްވުނީ ބުދަދުވަހުއެވެ.

ކައުންސިލްތައް ތަމްސީލްކުރައްވުމަށް އެލްޖީއޭގެ ބޯޑުގައި 3 މެންބަރުން ތިބެންޖެހެއެވެ. ޝިޔާމް އިންތިހާބުވެފައިވަނީ އަތޮޅުކައުންސިލުން  ތަމްސީލުކުރަންޖެހޭ ދާއިރާ އަށެވެ.

މީގެ ކުރިން އެލްޖީއޭގެ ބޯޑު މެމްބަރެއްގެ ގޮތުގައި ހުންނެވީ ކ. އަތޮޅުގެ ރައީސް މުހައްމަދު ނިމާލެވެ. އޭނާ އެމަގާމުން އިސްތިއުފާ ދެއްވީ ނިމިދިޔަ ޑިސެމްބަރު މަސްތެރޭގަ އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން ރަށުން ބޭރުގައި ވަޒީފާ އަދާކުރުމަށް ދަތިތަކެއް ހުރުމުންކަމަށް ވިދާޅުވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!