އެތްލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި ރައުހަތު ސްޕޯޓްސް ގުޅިގެން އެތްލެޓިކްސް ކޯޗިންގ އަދި ޓެކްނިކަލް އޮފިޝަލުން ތަމްރީނު ކުރުމަށް ތިނަދޫ ސިޓީގައި ހިންގި ކޯޗިން ކްލިނިކް ކާމިޔާބު ކަމާއެކު ނިންމައިފިއެވެ.
ރޭ ތިނަދޫސިޓީ ކޮމިއުނިޓީ ސެންޓަރުގައި ބޭއްވި ރަސްމިއްޔާތެއްގައި، 25 ޖުލައި އިން 27 ޖުލައި އަށް ކުރިއަށް ގެންދިޔަ އެތުލެޓިކްސް ކޯޗިންގ ކްލިނިކްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މި ޕްރޮގްރާމްގައި ސެޝަންތައް ނަގައިދެއްވި (ދުނިޔޭގެ) ވޯލްޑް އެތުލެޓިކްސް ލެވެލް 2 ގެ ލެކްޗަރަރ މޫސާ ރަޝީދު، އެސްޕީ އެވެ. އެސްޕީ އަކީ ރާއްޖެއިން ބޭރުގައި ވެސް އެތުލެޓިކްސް ކޯސް ތަކުގައި ކިޔަައިދޭ ލެކްޗަރަރ އެކެވެ.
ނެޝަނަލް ޕޫލަށް ކުދިން އިތުރުކޮށް އެތްލެޓިކްސްގައި ތިނަދޫ ކުރިން އޮތް މަގާމަށް އަނބުރާ ގެންދިއުމުގެ މަގުސަދުގައި މިޖުލައި މަހުގެ 25 އިން 27 ޖުލައި އަށް ކުރިއަށް ގެންދިޔަ މި ކޯޗިން ކްލިނިކްގައި ބާރަގަޑިއިރު ތެރޭ ބާރަ ސެޝަނަށް ތަމްރީނު ދީފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.
ރޭގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަަންގެ ޑެޕިއުޓީ މިނިސްޓަރ ހުސައިން ރައުހަތު ޤުދުރަތުﷲ ދެއްކެވި ވާހަަކަފުޅުގައި ރާއްޖޭގެ ހަތަރު ރަށެއްގައި ވަރަށް އަވަސް މުސްތަގުބަލެއްގައި ސިންތެޓިކް ޓްރެކް އެޅުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި އެ ހަތަރު ރަށުގެ ތެރޭގައި ތިނަދޫސިޓީ ހިމެނޭކަމަށްވެސް ރައުހަތު ވަނީ ވިދާޅުވެފައެވެ.
ރައުހަތު ސްޕޯޓްސް ކްލަބް އިން މީގެ ކުރިން މައުލޫމާތު ދިން ގޮތުގައި މިއީ ތިނަދޫގައި ގައުމީ ޓީމްގެ އެތުލެޓިކްސްޕޫލް ގެ އިތުރުން ސްކޫލުތަކުގެ އެތުލެޓިލްސް ޕްރޮގްރާމް ހިންގޭނެ ފަދަ ލީޑަރުންތަކެއް އުފެއްދުުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. ތިނަދޫ 3 އެތުލީޓެއް މިހާރުވެސް ގައުމީ ޓީމްގައި ހިމެނެއެވެ. މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި އެތުލެޓިލްސް އިން ވާދަ ކުރާ އިބާދުﷲ އަކީވެސް ތިނަދޫއަށް ނިސްބަތްވާ އެތުލީޓެކެވެ.