ޚަބަރު
ދަރަނިވެރި ނުވޭ! އަބުރާއި އިއްޒަތް ގެއްލިދާނެ، އާޚިރަތުގައި ވެސް ސަލާމަތެއް ނެތް!

ދަރަނި ދިނުމާއި ދަރަނި ނެގުމަކީ، އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، ދަރަނި ވެރިއާއަށް ދެ ދުނިޔޭގައިވެސް ސަލާމަތެއް ނެތް ކަމަށް ހުކުރު ޙުތުބާގައި ބުނެފިއެވެ.

ދަރަނި ނަގަންވާނީ އެ ދަރަނި އަދާކުރުމުގެ ނިޔަތުގައި ކަމަށާއި، ދަރަނި ދޫކުރި ފަރާތަށް ގެއްލުމެއް ދިނުމުގެ ނިޔަތަކު ނޫން ކަމަށެވެ. އަދި ދަރަނި އަދާކުރާން އަވަސްވެގަތުމަކީ، ދަރަނި ނެގި ފަރާތަށާއި، ދަރަނި ދޫކުރި ފަރާތަށް ވެސް އެންމެ ފައިދާ ހުރި ގޮތް ކަމަށްވެސް ބުނެފައި ވެއެވެ. ބޮޑެތި ދަރަނިތައް ނަގާން ވާނީ، އެ ފަދަ ދަރަނި އަދާކުރާނެ ގޮތުގެ ޙިކުމަތްތެރި ރޭވުމެއް އޮވެގެން ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

“ދަރަނި ނުދެއްކި، ޝަރީޢަތަށް މައްސަލަ ހުށަހެޅި، ތިމާ ކުށްވެރިވެ، އެ ކަމުގެ ސަބަބުން ދުނިޔެއާއި އާޚިރަތް ނަގައިލެވޭ ކަމަކަށް އެ ކަން ވެގެންނެއް ނުވާނެ. އެ ފަދަ ދަރަންޏެއް ނެގުމަށް ވުރެ، އައުލާކަން ބޮޑީ ލިބޭ އާމްދަނީއަކާ އެއްވަރަށް ޚަރަދުތައް ކުޑަކޮށް، އިޤްތިޞާދުކުރުން. ދަރަނި އަދާކުރުމުގެ ނިޔަތުގައި ދަރަނި ނަގާ މީހުންނަށް، ދަރަނި ދެއްކޭނެ ގޮތް، މާތް ﷲ މިންވަރުކޮށްދެއްވާނެ.” ޙުތުބާ 

ދަރަނި ނުދައްކައި ލަސްކުރުމަކީ، ދޭދޭ އަފުރާދުންގެ މެދުގައި އޮންނަ ލޯތްބާއި ކުލުނު ނެތިދާ ކަމެެއް ކަމަށާއި، ދަރަނި ދެއްކުން ފަސްކުރުމަކީ ދަރަނި ދޫކުރި މީހާއަށް ނުހަނު ގެއްލުންވާނެ ކަމެއް ކަން ފާހަގަކުރަމުން އިތުރަށް ބުނެފައިވަނީ ނަގާ ދަރަންނަކީ ބައިތުލްމާލުންކަމުގައި ވަނީ ނަމަ، އެއީ އެންމެހައި ރައްޔިތުންގެ ޙައްޤުތައް އޭގައި ހިމެނޭ ދަރަންޏެެއް ކަމަށެވެ.

އެހެންވެ، އެފަދަ ބޮޑެތި ދަރަނިތައް ނުދައްކައި ލަސްކުރުމަކީ އެ ކަމުގެ ފާފަ އެހެނިހެން ދަރަނިތަކަށް ވުރެ ބޮޑުވެދާނެ ކަމެެއް ކަމަށެވެ.

ދަރަނީގެ މުޢާމަލާތަކީ، ޝަރުޢީ ޙުކުމްތަކެއް ހުރި ކަމެެއް ކަމަށާއި، ދަރަނީގެ މުޢާމަލާތެއް ކުރާ އިރު، އެ ކަމާ ބެހޭ ލިޔެކިޔުމާއި، ހެކި ހުންނާން  ޖެހޭނެ ކަމަށްވެސް ފާހަގަކޮށްފައި ވެއެވެ.

ކިތަންމެ ކުޑަ ދަރަންޏެއް ކަމުގައި ވިޔަސް، އަދާނުކުރެވި އޮއްވައި، ދުނިޔެ ދޫކޮށް ދާން ޖެހުމަކީ ނުރައްކާތެރިކަމެެއް ކަމަށާއި، އެއީ ފާފަފުއްސެވުމަށް ހުރަސްއެޅިދާނެ ކަމެެއް ކަމަށެވެ. ދަރަނިވެރިވުމުގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި  ދުޢާދެންނެވުމަށާއި، އަދި ޢަދާވާތްތެރިން އުފާވާނޭ ކަންކަމުން ރައްކައުތެރިކޮށްދެއްވުން އެދި، އިބަރަސްކަލާނގެ ޙަޟުރަތުގައި ދުޢާދަންނެވުމުގައި ދެމި ތިބުމަށްވެސް ހުތުބާގައިވަނީ ބުނެފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!