ޚަބަރު
ސަގާފަތާއި ތަރިކައިގެ ރޮނގުން މީހުން ތަމްރީން ކުރުމަށް ޖަޕާން އެމްބަސީން މަޝްވަރާ ކުރައްވައިފި

ސަގާފަތާއި ތަރިކައާއި ދާރުލްއާސާރު ފަންނުގެ ރޮނގުން މީހުން ތަމްރީނު ކުރުމާއި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޝައުޤުވެރިކަން ޖަޕާން އެމްބަސީން ފާޅުކޮށްފިއެވެ.

މިކަން ފާހަގަކުރެއްވީ ޖަޕާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެންބެސެޑަރ ޓަކެއުޗި މިދޮރި ކ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގެ ތެރޭގައެވެ.

އެކަމަނާ ފާހަގަކުރެއްވި ގޮތުގައި ޖަޕާން އެމްބަސީގެ އިސްނެގުމުގެ މަތިން ދިވެހިރާއްޖޭގެ ހިރިގަލުގެ މަސައްކަތްތަކާއި ލިޔެލާ ޖެހުމުގެ މަސައްކަތްތަކާއި އެފަދަ ތަރިކަ ރައްކާތެރިކޮށް، އެފަންނުތައް ކުރިއެރުވުމަށް މީހުން ތަމްރީނު ކުރުމަށް ފައިސާގެ އެހީގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައެވެ.

މެރިޓައިމް ހެރިޓޭޖްގެ ރޮނގުންނާއި ރާއްޖޭގެ މައުނަވީ ތަރިކަ ރައްކާތެރި ކުރުމުގެ މަސައްކަތުގައި މިހާރު ކުރެވެމުންދާ ދިރާސާތަކަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދެއްވުމާ ބެހޭ ގޮތުން ވެސް ވަނީ މަޝްވަރާކުރައްވާފައެވެ.

އެ ވުޒާރާގައި މިއަދު ކުރިއަށް ދިޔަ އެ ބައްދަލުވުމުގައި ބަހާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ އެފަދަ ޒިޔާރަތެއް ކުރެއްވި ކަމަށްޓަކައި  މިދޮރިއަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ. އަދި އެ ވުޒާރާގެ މަސްއޫލުވެރި ދާއިރާތަކުން ފަންނީ އެހީތެރިކަން ފޮރުކޮށްދެއްވުމަށް ޝައުޤުވެރިކަން ފައުޅުކުރެއްވި ކަމަށްޓަކައި ޝުކުރު ދެންނެވިއެވެ.

ދިވެހިރާއްޖެއާއި ޖަޕާނަކީ ޒަމާންވީ އެކުވެރިކަމަކާއި ތާރީޚީ ވިޔަފާރީގެ ގުޅުން ޤާއިމްވެފައި އޮތް ދެ ޤައުމުކަމުގައި ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!