ޚަބަރު
އެހެން ފިލްމުތަކަށް ނަހުލާ ނުދޭ ހާއްސަކަމެއް ޔޫއްޕެގެ ސާޔާއަށް؛ ނަހޫ ވަނީ ފިލްމަށް ވަރަށްބޮޑަށް ތައުރީފުކޮށްފައި!

މިރޭ އޮލިމްޕަހުގައި ފިލްމު ސާޔާ ޕްރިމިއާ ކުރާއިރު މިފިލްމުގެ ޓްރެއިލަރ ތަކަށް މިހާރު ލިބެމުންދާ ތަރުހީބުން ވެސް މި ފިލްމަކީ ކިހާވަރެއްގެ ކާމިޔާބު ފިލްމެއްކަން އަންދާޒާ ކޮށްލެވެއެވެ. އެންމެ ބޮޑަށް ފާހަގަވެގެން ދިޔައީ ވާހަކަލިޔުންތެރިޔާ އަދި ކާމިޔާބު ޑައިރެކްޓަރ ފާތުމަތު ނަހުލާ މިފިލްމަށް ކޮށްފައިވާ ތައުރީފެވެ. ނަހުލާއަކީ މީގެ ކުރިން، ނަހުލާގެ އަމިއްލަ ފިލްމުތައް ނޫން އެހެން އެއްވެސް ފިލްމެއް ބަލަން އޮލިމްޕަހަށް ވަންނަ މީހެއް ނޫނެވެ. އަދި އެހެން ފިލްމުތަކާ ބެހޭ ގޮތުން ކޮމެންޓް ކޮށް ފާޑުކިޔައި ނުވަތަ ތައުރީފުކޮށް، މިފަދަ އެއްވެސް ކަމެއް ކުރާ ފަރާތެއް ނޫނެވެ، އެހެންނަމަވެސް ޔޫއްޕެގެ ސާޔާއަށް ނަހުލާގެ ފަރާތުން ހާއްސަ ކަމެއް ދޭ ތަން މިވަނީ ފެނިފައެވެ.

“ޕްރިމިއަރ ޝޯއަކަށް ނުދާތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު މާދަމާރޭ މި ފިލްމު ބަލާލަން މި ދަނީ ބަލާ ހިތުން.” ނަހުލާގެ އެފްބީ ޕޯސްޓުގައި ބުނެފައިވެއެވެ.

ނަހުލާ ވަނީ ސާޔާ ގެ ޓްރެއިލަރ ރިލީޒްކުރި ދުވަހުން ފެށިގެން ވަރަށް ބޮޑަށް ސޯޝަލް މީޑިއާގައި ފިލްމަށް ތައުރީފު ކޮށްފަ އެވެ. މިއީ މީގެ ކުރިން އެއްވެސް އެހެން ފިލްމަކާ ބެހޭ ގޮތުން ނަހޫގެެ ފަރާތުން ފެނުނު ސަ،މާލުކަމެއް ނޫނެވެ. އެހެންކަމުން މި ފިލްމަކީ ހަގީގަތުގައިވެސް ވަަރަށް ފުރިހަމަ ފިލްމަކަށް ވާނެކަމުގެ ޔަގީންކަން ބޮޑެވެ.

ނަހުލާގެ އެފްބީ ޕޯސްޓް

މިރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރާ ސާޔާ އަކީ ފިލްމުގެ ޑައިރެކްޓަރު، ޔޫސުފް ޝަފީއު (ޔޫއްޕެ) ގެވެސް ހާއްސަ މަސައްކަތެއްކަމުގައި އޭނާ ވަނީ ބުނެފައެވެ. ހަމައެހެންމެ ޔޫއްޕެ ހުރީ ވަރަށް ބޮޑަށް ހިތްހަަމަޖެހިފަ އެވެ. މުޅީން ތަފާތު ކޮންސެޕްޓަކަށް އުފައްދާފައިވާ ފިލްމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށްވީ ނަމަވެސް އެ ޗެލެންޖު ނަގާ ފިލްމުގެ ހުރިހާ މަސައްކަތެއް ނިންމާލުމަށް ފަހު ޔޫއްޕެ މިއަދު ހުރީ އުފުލަމުންނެވެ.

މިރޭ ބާއްވާ ސާޔާގެ ޕްރިމިއަރ ނައިޓްގެ އެންޓްރަންސް އިވެންޓް ވެސް ތަފާތުވެފައި ބިރުވެރިވާނެއެވެ.

މަޝްހޫރު އެކްޓަރު ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށްފައިވާ “ސާޔާ” ގެ ކާސްޓްގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިބްރާހީމް ޖިހާދު (ޖިމީ) ވެސް ހިމެނެ އެވެ.

ފިލްމުގެ ސްކްރީންޕްލޭ ލިޔެ އެޑިޓިންގެ މަސައްކަތް ކޮށްފައި ވަނީ ވެސް ޔޫއްޕެ އެވެ. ކެމެރާކުރީ ޝިމާޒް އަބްދުﷲ (މާސްކޭ) އެވެ. އަދި ފިލްމުގެ ޑިޒައިނިންގެ އެންޑް އެނިމޭޝަން އެޑިޓިންގެ މަސައްކަތް ކޮށްފައިވަނީ ހުސައިން ސިނާން އެވެ. ބެކްމިއުޒިކު ހަދާފައިވަނީ އައްޔުމަން ޝަރީފު އެވެ. ފިލްމު ޕްރޮޑިއުސްކޮށްފައިވަނީ ޝައި ޕްރޮޑަކްޝަން ހައުސް އިންނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!