ޚަބަރު
ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް އަލުން ބޭނުންކުރަން ފަށަނީ

ހުޅުމާލޭ ވިނަރެސް ފްލެޓްތަކުގައި އެކްސެސް ކޮންޓްރޯލް ސިސްޓަމަށް ލިބުނު ގެއްލުން މަރާމާތު ކުރުމަށްފަހު، އަލުން ބޭނުން ކުރުމަށް އެޗްޑީސީން ނިންމައިފި އެވެ.

އެޗްޑީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވިނަރެސް ފްލެޓްތަކުގެ އެކްސެސް ކޮންޓްރޯލް ސިސްޓަމާއި ދޮރަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކުރުމަށްފަހު، އަންނަ އާދީއްތަ ދުވަހުން ފެށިގެން އަލުން ބޭނުން ކުރަން ފަށާނެ ކަމަށެވެ.

އެހެން ކަމުން މިހާތަނަށް ވިނަރެސް ޓަަވަރުގެ އެކްސެސް ޓެގް ނުނަގާ ފަރާތްތަކުން ވިނަރެސް 10 މެނޭޖްމަންޓް އޮފީހުން ޓެގް ނެގުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.

ވިނަރެސް އެކްސެސް ކޮންޓްރޯލް ސިސްޓަމަކީ އިމާރާތުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށްޓަަކައި ގާއިމްކުރެވިފައިވާ ހިދުމަތެއް. އެ ތަކެއްޗަށް ގެއްލުން ދިނުމަކީ އެ ހިދުމަތް ބޭނުންކުރާ ފަރާތްތަކުގެ ހައްގަށް އުނިކަމެއްް އަންނާނެ ކަަމެއް،”

ވިނަރެސް ފްލެޓްތަކުގެ އެކްސެސް ސިސްޓަމަށް ގެއްލުންދޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެޗްޑީސީން ބުނެ އެވެ.

ވިނަރެސް ޓަވަރުތަކުގެ ތިރީ ދޮރުތައް އެކްސެސް ކޮންޓްރޯލްކޮށް، ޓެކް ޖަހައިގެން ނޫނީ ނުވަދެވޭ ގޮތަށް ހެދީ މިދިޔަ ޖޫން މަހު އެވެ. ނަމަވެސް އެތަނުގެ ބައެއް ދޮރުތަކަށް ބަޔަކު ގަސްތުގައި ދިން ގެއްލުމާ ގުޅިގެން އެ ހިދުމަތް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!