އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ދުވަހަކު ނެރޭ ހުކުރު ޚުތުބާ ފުރަތަމަ ފަހަރަށް ލިޔުއްވާ ތާރީހުގެ ތެރެއިން، ގއ. ދާންދޫ މުޝްތަރީގެ ހައްވާ ލަތީފް ޖާގަ ހޯއްދަވައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއަދުގެ ހުކުރު ޚުޠުބާއަކީ ފުރަތަމަ ފަހަރަށް އަންހެން ޢިލްމުވެރިއަކު ލިޔުއްވި ހުޠުބާއެއްކަމަށާއި، މިއަދުގެ ޚުޠުބާ ލިޔުއްވީ އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރުގެ ނައިބު އަލްއުސްތާޒާ ހައްވާ ލަޠީފް ކަމަށެވެ.
ހައްވާ ލަތީފް “ހުވަދޫ މިޑިއާ” އަށް ވިދާޅުވީ ހުކުރު ޙުތުބާ ލިޔަން ލިބުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ވަރަށްވެސް އުފާވެރިކަމެއް ކަމަށާއި، އެފުރުސަތު ލިބިގެންދިޔައީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އެއްބާރުލުމާއެކުގައި ކަމަށެވެ.
“ޙުތުބާ ލިޔުމުގައި ޙާއްސަ ކޮމެޓީއާވެސް މަޝްވަރާ ކުރެވިގެން އަންހެން ބޭފުޅުންނަށްވެސް އެ ފުރުސަތު ގެއްލިފަ ނެތީމަ މިނިސްޓަރުގެ އެއްބާރުލުމާއެކު ފުރުސަތު ލިބިގެންދިޔައީ” ހައްވާ ލަތީފް
ހައްވާ ވިދާޅުވީ ދީނީ ވައުޟު ވިދާޅުވުގެ ހުއްދައާއި އެކު މިނިސްޓްރީގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، އިލްމުވެރިއަކަށްވެހުރެ މިއަދު މި ލިބިގެން ދިޔަ ފުރުސަތާއިއެކު ޙުތުބާ ގިނަ ބަޔަކަށް ކަމުދިއުމަކީވެސް ވަރަށް ބޮޑަށް ހިންހަމަޖެހުން ލިބުނު ކަމެއް ކަމަށެވެ.