އދ. ހަންޏާމީދޫ ރޯޝަނީގޭގައި އަލިފާން ރޯވެ އަމިއްލަ މީހެއްގެ ގުދަނާ ރެސްޓޯރެންޓަކަށްވެސް ގެއްލުންވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ހަންޏާމީދޫ ރޯޝަނީގޭ ގައި ރޯވެފައިވަނީ ރޭގެ ވަގުތެއްގައެވެ. އަލިފާން ރޯވިތާ މާގިނައިރެއްނުވެ ވަނީ ކޮންޓްރޯލްކޮށް ނިއްވާލާފައެވެ.
“އަލިފާން ވަނީ ނިވާލާފަ، މި އީ އެކުވެރިކަމާ އެއްބައިވަންތަ ކަމުގެ ފުރިހަމަ ނަމޫނާ ރައްޔިތުން އުޅޭ ރަށެއް ، މި ފަދަ ކޮންމެ ކާރިސާ އެއްގައިވެސް މި ބަދަހި ގުޅުން އޮންނަމީ ހަމަ މި ގޮތުގައި ޝުކުރިއްޔާ ލޮބުވެތި ހީވާގި ރައްޔިތުން ، އަބަދުވެސް ތިގޮތުގަ ތިއްބަވާތި” ކައުންސިލުން ވަނީ ބުނެފައެވެ.
ކައުންސިލުން ބުނީ އެހާދިސާ ހިނގީ ކަރަންޓް ސޯޓެއްވެގެން ކަމަށާއި، އެއީ 4 ވަރަކަށް ބަޔަކށް ބަހާފައިން ގެއެއް ކަމުން އަލިފާން ހިފާފައިވަނީ 2 ބައިގަ ކަމަށެވެ. އޭރު އެގޭގައި އުޅުނީ އެންމެ މީހެއް ކަމަށާއި، އެމީހާއަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް ބުނެފައި ވެއެވެ. އަދި އެ ހާދިސާގައި ލިބުނު ގެއްލުން ސިދާ ބުނަން ނޭނގޭ ކަމަށާއި، ނަމަވެސް މިހާރު ދަނީ ލިބުނު ގެއްލުން ބެލުމުގެ މަސައްކަތް ކުރަމުން ކަމަށް ވެސް ކައުންސިލުން ވަނީ ފާހަގަ ކޮށްފައެވެ.