ޚަބަރު
ކަރސްކް ސަރަޙައްދަށް ދަތުރުކޮށް އެސަރަޙައްދުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް އިލްތިމާސް ކޮށްފި

ރަޝިޔާގެ ކަރސްކް ސަރަޙައްދަށް ދަތުރުކޮށް އަދި އެ ސަރަޙައްދުގައި ދިރިއުޅޭ ދިވެހިން ސަމާލުވުމަށް ދިވެހި ހާރިޖީ ވުޒާރާއިން އިލްތިމާސް ކޮށްފިއެވެ.

މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ނޯޓިސްއެއް ނެރެފައިވެއެވެ. މި ނޯޓިސްގައި ބުނެފައިވަނީ ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން، ރަޝިޔާގެ ކަރސްކް ސަރަޙައްދު ނުރައްކަލުގެ ޙާލަތުގައި އޮތުމުން، މިނިސްޓްރީ އާއި ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއިން ކަރސްކް ސަރަހައްދުގައި ތިބި ދިވެހި ކިޔަވާކުދިންގެ ހާލަތު ވަރަށް ގާތުން ބަލަމުންދާކަމަށާއި އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުކުރާ އެންމެހައި ދިވެހި ރައްޔިތުން އަމިއްލަ ރައްކާތެރިކަމާއި ސަލާމަތްތެރިކަމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދިނުމަށް އެދޭކަމަށެވެ.

ރަޝިޔާގެ ކަރސްކްގައި އޮތް ނުރައްކާގެ ހާލަތާ ގުޅިގެން އެއްވެސް އެހީތެރިކަމެއް ބޭނުންފުޅުވާނަމަ، ޖަރުމަނުވިލާތުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ނަންބަރު 61 164 129 17 49+ އަށް ގުޅުމަށް ވެސް އެ ނޯޓިސްގައި ވެއެވެ.

ރަޝިއާއި ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރަޝިޔާގެ މި ސަރަހައްދުގައި ތިބި އެހެން ޤައުމުތަކުގެ ރައްޔިތުންވެސް އެހެން ސަރަހައްދުތަކަށް ބަދަލުވުމަށް އެޤައުމުތަކުގެ ސަރުކާރުތަކުން އަންގާފައިވާކަން ވެސް ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!