ޚަބަރު
ރަހީނުކޮށް ކަރުގައި ވަޅިޖެއްސި ހާދިސާގައި ފުލުހަކު ޒަހަމްވެފައިވޭ: ސީޕީ

ރަހީނުކޮށް ކަރުގައި ވަޅިޖެއްސި ހާދިސާގައި ފުލުހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށް ޕޮލިސް ކަަމިޝަނަރު އަލީ ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަކުރުމަށް އިސްކަންދަރުކޮށީގައި ކުރިއަށް ގެންދިޔަ ރަސްމިއްޔާތުގައެވެ. މި ރަސްމިއްޔާތުގައި ޝުޖާއު ވިދާޅުވީ މާލޭގައި އަންހެނަކަށް އަަނިޔާކޮށް، ވަޅިން ބިރުދައްކައި، ރަހީނުކޮށްގެން ގެންދަން އުޅެނު މީހަކު ހުއްޓުވަން ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުލުހެއްގެ އަތް ވަރަށް ބޮޑަށް ޒަހަމްވި ކަމަށާއި ފުލުހަކަށް އަނިޔާވީ އާދަމް އަތުހަރު ވެއްޓުނު ވަގުތު، އޭނާގެ އަތުގައި އޮތް ތޫނު ހަތިޔާރުން ކަމަށެވެ.

މި އޮޕަރޭޝަނުގައި ފުލުހަކަށް ލިބުނު އެ އަނިޔާ، އެއްވެސް މީޑިއާއަކުން އަދި ރިޕޯޓްނުކުރާ ކަަމަށް ވެސް ޝުޖާއު ވިދާޅުވިއެވެ.

މި ހާދިސާ އަކީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭގައި ހިނގި ހާދިސާއެކެވެ. މި ހާދިސާގައި އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި، އާދަމް އަތުހަރު 32 އެވެ. އެ އަންހެން މީހާ ސަލާމަތްކުރުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުގެ ސަބަބުން އަތުހަރު އަށް އަނިޔާވުމުން އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭޑީކޭގައެވެ. އޭޑީކޭ އިން ފަރުވާދިނުމަށް ފަހު ދޫކޮށްލިފަހުން އަތުހަރުގެ ހާލަތު ގޯސްވުމުގެ ސަބަބުން އައިޖީއެމްއެޗް ގައި އޮބްޒަވޭޝަން އަށް ބާއްވާފައިވެއެވެ. މި އޮބްޒަޥޭޝަން އަށް ފަހު އަތުހަރު ދޫކޮށްލާފައިވަނީ އިއްޔެ އެވެ.

މި ހާދިސާގައި ހަރަކާތްތެރިވި ފުލުހުންނާއި ޝުޖާއު ބައްދަލުކުރައްވައި ތައުރީފުވެސް ކުރައްވާފައިވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!