ޚަބަރު
ރާއްޖެއިން، އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގައި ބައިވެރިވުމަށް ނިންމައިފި

ރާއްޖެއިން، އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގައި ބައިވެރިވުމަށް ނިންމައިފިއެވެ.

އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވަނީ މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ. މިއަދު ބޭއްވުނު ވަޒީރުންގެ މަޖިލީހުގައި މިކަމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ވަޒީރުންގެ މަޖިލީހުން މިއަދު ނިންމެވި ނިންމެވުންތަކާ ބެހޭ މައުލޫމާތު ދެމުން ނޫސްވެރިންގެ ބައްދަލުވުމުގައި ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ،  މުސްތަގްބަލަށް ބަލާއިރު އައިއޭއީއޭގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ “ކަމުގެ” މުހިއްމުކަން ބޮޑުކަމުން ކަމަށެވެ. އެހެނީ ރާއްޖޭގައި ކެންސަރަށް ހާއްސަ ހޮސްޕިޓަލެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާއިރު، ކެންސަރު ބަލީގެ ހިދުމަތްތައް ދެވެން އަންނަނީ، އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގެ މެމްބަރަކަށް ވެގެންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެހެންމެ ދުނިޔޭގެ އެނަޖީ ނިޒާމް އެޓަމިކް ހަކަތައާ ދިމާލަށް މިސްރާބު ޖަހާފައިވާއިރު، ކުރިމަގަށް ބަލާއިރު އެ އޭޖެންސީގައި ބައިވެރިވުމުގެ މުހިއްމުކަން މިނިސްޓަރު ޒަމީރު ހާމަކުރެއްވިއެވެ.

މިހާރުވެސް އިންޓަރނޭޝަނަލް އެޓަމިކް އެނަޖީ އޭޖެންސީގެ މެމްބަރުންގެ ތެރޭގައި ދެކުނު އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތައް ހިމެނެއެވެ. މި ސަރަހައްދުން އައިއޭއީއޭގެ މެމްބަރަކަށް ނުވާ ހަމައެކަނި ދެ ގަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައުމަކީ ދިވެހިރާއްޖޭގެ އިތުރުން ބޫޓާނެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!