ޚަބަރު
ގެދޮރުވެރިކަމާ ގުޅުންހުރި ހުރިހާ ކަމެއްގައި ރައީސްގެ ފަރާތްޕުޅުން ލިބުނީ އުންމީދީ ޖަވާބުތަކެއް: ހައުސިންގ ޔޫނިއަން

ގެދޮރުވެރިކަމާ ގުޅުންހުރި ހުރިހާ ކަމެއްގައި ރައީސްގެ ފަރާތްޕުޅުން ލިބުނީ އުންމީދީ ޖަވާބުތަކެއް ކަމަށް ގެދޮރުވެރިކަމާބެހޭ ޔޫނިއަންއިން ބުނެފިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ ގެދޮރުވެރިކަމާބެހޭ ޔޫނިއަންތަކާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމަށްފަހު ގެދޮރުވެރިކަމާބެހޭ ޔޫނިއަންގެ މެންބަރުން ޕީއެސްއެމްއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ މިއަދު ބޭއްވިގެންދިޔައީ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށަާއި ގެދޮރުވެރިކަމުގެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކޮށްލުމަށް ރައީސް ދެއްވި ދައުވަތު ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

އަދި މިއަދުގެ ބައްދަލުވުމުގައި ދެ ފަރާތުން ވެސް ވަރަށް މުހިންމު މައުލޫމާތުތަކެއް ބަދަލުކުރެވިގެން ދިޔަ ކަމަށް ވެސް އެބޭފުޅުން ވިދާޅުވިއެވެ.

އެންމެ މުހިންމު ކަމަކަށް ކުރިއަށް އޮތް ތަނުގައި ސަރުކާރާއެކީ އަޅުގަނޑުމެންނަށް މަސައްކަތްކުރެވޭނެ ޗެނަލްއެއް އަޅުގަނޑުމެންނަށް އެސްޓަބްލިޝް ކުރެވިއްޖެ. އެންމެ ބޮޑު ހާސްކަމެއްގަ ތިބީ މިވީ ހުރިހާ ދުވަހު ވެސް އަޅުގަނޑުމެންނާއެކީ މިނިސްޓްރީތަކާއި މުއައްސަސާތަކުން މިކަމާ ގުޅޭ މައުލޫމާތުތައް ނުލިބިގެން. އެކަމު މިއަދު ރައީސުލްޖުމްހޫރިއްޔާ މިއަދު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީންކަމެއް ދެއްވައި އެ ޗެނަލް އެސްޓަބްލިޝް ކޮށްދެއްވައިފި.

މީގެއިތުރުން އެބޭފުޅުން ވިދާޅުވީ ގޯތިގެދޮރުގެ ކަންކަމުގައި އޮތް ހާސްކަން ފިލައިގެންދާނެފަދަ މަގެއް ހުޅުވިގެން ދިއުމުން އެކަން ވެސް ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!