ޚަބަރު
ގަވާއިދާ ޚިލާފުނުވާނަމަ ލިސްޓުގައި ނަން އޮތް ކޮންމެ މީހަކަށް ގޯތި ލިބޭނެ: ރައީސް

ގޯތި ލިބޭނެކަމަށް ގެޒެޓްގައި ނަން އާންމުކޮށްފައިވާ ކޮންމެ މީހަކަށް ވެސް ރިޔާސީ ވައުދާ އެއްގޮތަށް، ގަވާއިދާ ޚިލާފުނުވާކަމުގައި ވާނަމަ ގޯތި ލިބޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވީ މާލެ ސަރަހައްދުގައި ހަރަކާތްތެތިވާ ގެދޮރުވެރިކަމާގުޅޭ ބައެއް ޔޫނިއަންތައް ކަމަށްވާ، ފަހި ޔޫނިއަންއާއި، ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނާއި، ގުޅިފަޅުގެ ރައްޔިތުންގެ އެސޯސިއޭޝަނާއި، ހުޅުމާލެ ރައްޔިތުންގެ ކޮމިޓީއާއި، މާލެ ރަށްވެހިންގެ ޖަމްއިއްޔާގެ އިސްބޭފުޅުންނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ގެދޮރުވެރިކަމާބެހޭ ޔުނިއަންތަކުގެ މެންބަރުން ވަނީ، މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތައް ރައީސް ޑރ. މުޢިއްޒާ ހިއްސާ ކުރައްވާފައެވެ.

އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، މާލެ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން އެކިކަންކަމާއި ގުޅިގެން އަދި ހަވާލުނުކުރެވި ހުރި ގޯތިތަކުގެ ރަޖިސްޓްރީތަކާއި، އެޝުއަރެންސް ސިޓީގެ ކަންކަން އަވަސް ކޮށްދެއްވުމާއި، ކަމާގުޅޭ ފަރާތްތަކުން ޖަވާބުދާރީވުން މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިޔަށްގެންދިއުމާއި، ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރެވޭ ގޮތަށް މިކަންކަން ހައްލުކޮށްދެއްވުން ހިމެނެއެވެ.

މި ވާހަކަތައް އަޑުއައްސަވައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވާ އެއްކަންތައް ކަމުގައެވެ. އެގޮތުން ގެޒެޓްގައި ނަން އާންމުކޮށްފައިވާ ކޮންމެ މީހަކަށް ވެސް ގަވާއިދާ ޚިލާފުނުވާ ކަމުގައި ވާނަމަ ގޯތި ލިބޭނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

މީގެއިތުރުން މިހާރު ކުރިއަށްގެންދާ މަސައްކަތްތަކާ ކުރިއަށް ގެންދަން ރޭވިފައިވާ މަޝްރޫއުތަކުގެ އަދާހަމަ ތަފްސީލުތައް މެންބަރުންނާއި ހިއްސާ ކުރައްވައި، ރައީސް ވަނީ އެ މަސައްކަތުގައި ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެކަމުގައި ވެސް ވިދާޅުވެފައެވެ.

އަދި ރައްޔިތުންނަށް ފަސޭހަވާނެ ގޮތަށް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން، ވީހާވެސް އަވަހަށް އެކަންކަން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަން ރައީސް ވަނީ ޔޫނިއަންތަކުގެ މެމްބަރުންނަށް ދެއްވައިފައެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!