ޚަބަރު
ފަނޑުނުވި ރަންއަޑުގެ ވެރިޔާ ތަޢުފީޤަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު

ފަނޑުނުވި ރަންއަޑުގެ ވެރިޔާ، އަލްމަރްޙޫމް މުޙައްމަދު ތައުފީޤު (ހާޖަރާގޭ ތަޢުފީޤު) ގެ ހަނދާނަށް، ދެމިހުންނަނިވި ޚާއްސަ ޚިދުމަތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަރުވައިފިއެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ އިތުރުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން އޮތީ މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަތީ ޖުމްލަ 7 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް ރައީސް ޑރ. މުޢިއްޒު އިނާމު އަރުވައިފައިވަނީ ދެމިހުންނަނިވި ޚާއްސަ ޚިދުމަތެއް ކުރުމުގެ ދާއިރާއިން އެ ބޭފުޅެއްގެ ހަނދާނަށެވެ. އެ ބޭފުޅަކީ ހާޖަރާގޭ ތަޢުފީޤެވެ.

ތައުފީޤުގެ ހަނދާނަށް މި ޝަރަފު މި އެރުވީ، ކީރިތި ރަސޫލާގެ ސިޔަރަތު ގެނެސްދެއްވާފައިވާލެއް ފުރިހަމަކަމާއި، ސިޔަރަތު އަޑުއެހުމަށް ދިވެހިންގެ ހިތްތަކުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރެއްވުމަށް އޭނާ ކުރެއްވި ގައުމީ ޚިދުމަތަށްޓަކައެވެ.

ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ، ޝަރަފުގެ އައްޑަނައާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ.

މިއަދުގެ ޖަލްސާގައި ވަނީ ހިތްވަރު ދިނުމުގެ ގައުމީ އިނާމު، 10 ބޭފުޅެއްގެ އިތުރުން ކުންފުންޏަކަށް ދެއްވައިފައެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވީ ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!