ގައުމީ ދުވަހަކީ އެ ގައުމެއްގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން އިތުރުކޮށް އާލާކުރާ ދުވަހެއް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބާއި ގުޅިގެން ދުވަހުގެ ތަހުނިޔާ ދަންނަވައި މީސްމީޑިޔާގައި ހިއްސާކުރެއްވި ވީޑިއޯ ކޮޅެއްގައެވެ. މި ވީޑިއޯ ކޮޅުގައި ޝަރީފް ވިދާޅުވީ ގައުމީ ދުވަހަކީ އެ ގައުމެއްގެ އެއްބައިވަންތަކަމާއި އެއްބައެއް ވަންތަކަން އިތުރުކޮށް އާލާކުރާ ދުވަހެއް ކަމަށާއި ދިވެހިންގެ ފަހުރުވެރި ތާރީހާއި ސަގާފަތުގެ މައްޗަށް ބަލައި އެކަމުން ޖޯޝު ހޯދައި އަލުން ކުރިއަށް ދިއުމަށް ލިބިގަންނަ ދުވަހެއް ކަމަށެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރެއްގައި ކުރިއަށް ގެންދާ ގައުމީ ޖަލްސާ މިއަހަރުވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޖަލްސާގައި ރައީސް ވިދާޅުވީ ދިވެހި ކާބަފައިންނަކީ މި ޤައުމުގެ ދިފާޢުގައި ހުރިހައި މާނައެއްގައި ހުރިހައި ޒަމާނެއްގައި މަސައްކަތްކުރި ބައެއްކަމަށާ ދިވެހި ތަރިކަތައް ހެކިދެނީ އެގޮތަށްކަމަށެވެ. އަދި ދިވެހިންނަކީ އަބަދުވެސް މިނިވަންކަމުގެ ބަތަލުންކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން ރައްޖެއަކީ މި ފަސްގަނޑުގައި މީހުން ވަޒަންވެރިވީ ތާރީހެއް ނޭންގޭ އެހާމެ އެވޭލާ ގައުމެއްކަމަށާއި މި ދިގު ތާރީހުގައި ފުދުންތެރި ސަގާފަތަކާއި، އެތައް ތަރިކަތަކަތަކާއި އަމިއްލަ ބަހެއް އުފެއްދިފައިވާއިރު، މިއީ މާދަމާގެ މަންޒިލުތަކަށް އަމާންކަމާއެކު ދަތުރުކުރުމަށްޓަކައި ކުނބަށް ނަގަންހުރި ރިޔާތަކެއްގެ ގޮތުގައި ރައީސް ވަނީ ސިފަ ކުތރައްވާފައެވެ.
މި ޖަލްސާގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވީ ދިވެހިންގެ ޒަމާންވީ ރަނގަޅު ސިފަތަކާއި ދިވެހިންގެ އަސްލުވަންތަކަމާއި ހުނަރުތައް އިޢާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަ ޚާއްސަ އިސްކަމެއްދެއްވާ ކަމަށާއި އެކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
މި ޖަލްސާގައި 7 ބޭފުޅަކަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު އަދި ހިތްވަރު ދިނުމުގެ ގައުމީ އިނާމު 10 ބޭފުޅަކަށާއި ކުންފުންޏަކަށް ރައީސް އަރުވާފައިވެއެވެ.