ޚަބަރު
ވަގަށް ނަގާފައިވާ މުދާތަކެއްގެ މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ވަގަށް ނަގާފައިވާ މުދާތަކެއްގެ މައްސަލާގައި ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. 

ފުލުހުން މިކަމާ ގުޅިގެން ބުނީ މާލޭގެ ގެއެއްގެ ތެރޭ ހުރި މީހެއް އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުން މައްސަލައިގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށާއި މި ދެމީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ހަވީރު 16:05 އެހާ ކަންހާއިރު ކަމަށެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިސްމާއިލް ވިޝާލް، މ. ދާރުލްގަރާރު (30އ) އަދި ހުސެއިން ޝާއިފް، ވިދުވަރު ބ. ދަރަވަންދޫ (32އ) އެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައިނުވެއެވެ. އޭގެ އިތުރުން މި މީހުން ވަގަށް ނަގާފައި ވަނީ ކޮން ކަހަލަ އިލެކްޓްރިކް ސާމާނުތަކެއް ކަމާއި އެތަކެތީގެ އަގެއް ވެސް ހާމަކޮށްފައިނުވެއެވެ.

މާލޭގައި މިހާރަަކަށް އައިސް ވައްކަމާއި ފޭރުމުގެ މައްސަލަތައް އިންތިހާއަށް ވަނީ އިތުރުވެފައެވެ. އެ ގޮތުން މިސްކިތްކާއި އާންމު ގެތަކުގެ އިތުރުން މަގުމަތިން ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ވަގުންގެ އުނދަގޫތަކާއި ކުރިމަތިލާން ވަނީ ޖެހިފައެވެ. 

މީގެ ކުރިން ވެސް އަގު ބޮޑެތި ސާމާނުތައް ވަގަށް ނަގައިގެން ނުއަގުގައި އެތަކެތި ވިއްކާ މައްސަލަތައް ފެންމަތިވެފައިވާ ކަން ފާހަގަކޮށްލެވެއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!