ޚަބަރު
ރިޒްނާ، ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވައިފި

އައިޝަތު ރިޒްނާ ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ރިޒްނާ މަގާމުން އިސްތިއުފާ ދެއްްވީ އޭނާއާ ގުޅޭގޮތުން ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ޝަކުވާއެއް ބަަލަމުންދާ ދަނޑިވަޅެއްގައި ކަމަށްވެއެވެ. އެއީ ކޮން މައްސަލައެއް ކަަމެއް، އަދި އެމައްސަލައިގެ އެއްވެސް ތަފުސީލެއް  ނޭނގެއެވެ.

މަދަނީ ކޯޓުގެ ރެޖިސްޓްރާ ކަމާއި ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ މަގާމު އަދާ ކުރައްވާފައިވާ ރިޒްނާ ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަންގެ މަގާމަށް ހަމަޖެއްސެވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ.

ރިޒްނާގެ ކުރިން ޗީފް ޖުޑިޝިއަލް އެޑްމިނިސްޓްރޭޝަން މަގާމުގައި ހުންނެވީ ޑރ. އަބްދުﷲ ނަޒީރެވެ.

މަޖިލީހުން ގެނައި އިސްލާހުގައިވާ ގޮތުން ކުރިން ސުޕްރީމް ކޯޓުގެ ދަށުން ހިނގަމުން އައި ޑީޖޭއޭ އުވި، ޖޭއެސްސީގެ ދަށުން އާ ޑީޖޭއޭއެއް އެކުލަވާލަން ޖެހޭނެއެވެ.

އެހެންކަމުން އާ ޑީޖޭއޭއަށް ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރަކު ހަމަޖެއްސުމުން އެ ކުރިން އެ މަގާމުގައި ހުންނެވި ބޭފުޅެއްގެ މަގާމު ގެއްލޭނެއެވެ.

ގާނޫނު މިހާރު އޮންނަ ގޮތުން އެ މަގާމަކަށް ބޭފުޅަކު އައްޔަން ކުރުމާއި ވަކި ކުރުމުގެ ބާރު އޮންނަނީ ވެސް ޖޭއެސްސީއަށެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!