ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
މި ކަން ހާމަކޮށް މޯލްޑިވްސް އިމިގްރޭޝަން އިން އެކްސް ގައި ޕޯސްޓެއް ކޮށްފައިވެއެވެ. މި ޕޯސްޓުގައި އިމިގްރޭޝަން އިން ބުނީ ޓާސްކު ފޯސް އަށް ލިބުނު މަޢުލޫމާތެއްގެ އަލީގައި، އިމިގްރޭޝަނާއި ފުލުހުން ގުޅިގެން، މިއަދު ހާއްސަ ރެއިޑެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ރެއިޑުގައި ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުންދާ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 5 ބިދޭސީ އެއް ކަމަށާއި މި މީހުން އަތުން އެތައް ލައްކަ ފައިސާއާއި ގިނަ އަދަދެއްގެ ކްރެޑިޓް ކާޑު ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން އިމިގްރޭޝަން އިން ބުނެފައިވަނީ މި މައްސަލަ ތަހުގީގު ކުރެވެމުންދާ ކަމަށާއި އަދި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހާއްސަ ރެއިޑް އޮޕަރޭޝަންތަކެއް ދަނީ ކުރިއަށް ގެންދަމުންނެވެ. މި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީ އަކަށް ދެވަނަ ފުރުސަތެއް ނުދޭނެއެވެ.
ސަރުކާރުން ހާމަކުރާ ގޮތުގައި އަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަ ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލައަށް 3 އަހަރުތެރޭ ޖުމްލަ ހައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.
ކެރެނީ ވިއްޔާ ދިވެހި ރުފިޔާއިން ދިވެހި މީހާ އައް މުސާރަދޭ ރި ސޯޓްތައް ރޭޑު ކޮއްލާ . ހުރިހާރިސޯޓެއް ގަވެސް ބޭރު މީހާއައް މުސާރަދޭނީ ޑޮލަރުން. ގިނަ ރިސޯޓް ތަކު ލިލީބީޗު ކަހަލަ ތަންތާ ދިވެހި މީހާއައް މުސާރަ ދޭނީ ރުފިޔާއިން . މިތަންތަ ތިބޭނެ އަސްލު އެޖެންޓުން . ބޭރު މީހުން ދިން އަގަކައް ދިވެހި މީހާވެސް ޖެހޭނީ ޑޮލަރު ގަންނަން. މީއަސްލު ޑޮލަރު ތާށި ވުމާ ބުލެކް މާކެޓް އުފެދު މުގެ އަސްލު