ތެއްތިރީސް ވަނަ ގައުމީ އެތުލެޓިކްސް މުބާރާތުގައި ސާއިދަށްވުރެ ކުރިއަރައި 100 މީޓަރުގެ ގައުމީ ޗެމްޕިއަންކަން އިބާދުﷲ ހޯދައިފިއެވެ.
މިއަދު ހަވީރު 5:30 ގައި މާލޭގައި ބޭއްވުނު 100 މީޓަރުގެ ފައިނަލްގައި އިބާދުﷲ ދުވެފައިވަނީ 10.59 ގައެވެ. އަދި ސާއިދުގެ ޓައިމިންގ އަކީ 10.67 އެވެ. ސާއިދަކީ ރާއްޖޭގައި ސަތޭކަ މީޓަރުގައި އެންމެ ބާރު ދުވުންތެރިޔާއަށް ވީއިރު ތިނަދޫ ސިޓީއަށް އުފަން އިބާދުﷲ މިވަނީ ސާއިދުގެ މައްޗަށް ސަތޭކަ މީޓަރު ފައިނަލުގައި ކުރި ހޯދައިގެން މި މުބާރާތުގެ އެއްވަނަ ހާސިލު ކޮށްފައެވެ.
މި އިވެންޓުގައި ތިނަދޫގެ ހަތަރު އެތުލީޓުން ވަނީ ފައިނަލްގައި ވާދަކޮށްފައެވެ. މިއިވެންޓު އޮތީ މާލެސިޓީ އެކުވެނި ދަނޑުގައެވެ.

