ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހިނގި އެކްސިޑެންޓަކާއި ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވާ އިބްރާހިމް އިކްރާމް ގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
މި އެކްސިޑެންޓަކީ މިދިޔަ ޖުލައި 31 ވަނަ ދުވަހު ހިނގި އެކްސިޑެންޓެކެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ވިނަރެސް ފްލެޓް ކައިރީގައެވެ. މި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ ދައުރުވެފައިވެއެވެ. އެ ވީޑިއޯ އިން ފެންނަނީ މީހަކު މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށް ފޯނު ނަގައިގެން އިންދާ ބާރު ސްޕީޑުގައި ދިޔަ ކާރެއް ކޮންޓްރޯލުން ނެއްޓި އެ ސައިކަލުގައި ޖެހޭތަނެވެ. އަދި އެއާއެކު ސައިކަލު މަތީގައި އިން މީހާ ވިއްސައިގެންދާ މަންޒަރުވެސް އެ ވީޑިއޯ އިން ފެނެއެވެ.
މި މައްސަލައިގައި ތިން މީހަކު ހައްޔަރުކުރިއެވެ. އެއީ:
- އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާގެ
- ޖިނާހު އިސްމާއީލް، އާޒާދުގެ / ގދ. ކަނޑުހުޅުދޫ
- އިބްރާހިމް އިކްރާމް،މ.ލޭންޑްއޮފްގާޑެން
މި މައްސަލައިގައި ކްރިމިނަލް ކޯޓުން އިކްރާމްގެ ބަންދާމެދު އިސްތިއުނާފް ކުރުމުން ވަކީލަކު ހަމަޖެއްސުމާ ގުޅޭ ގޮތުން އަމަލުކޮށްފައި ވަނީ ރަނގަޅަށް ނޫން ކަމަށް ބުނެ ކޯޓުން މި މަހު ދޫކޮށްލި ނަމަވެސް ކޯޓު އަމުރެއްގެ ދަށުން މީނާ ހައްޔަރުކޮށްފައިވެއެވެ. އޭރު މީނާގެ ބަންދަށް ޖަހާފައިވަނީ ތިން ދުވަހެވެ. އެ މުއްދަތު ހަމަވުމުން މިއަދު މީނާގެ ބަންދަށް އަނެއްކާވެސް 30 ދުވަސް ޖެހީއެވެ.