ޚަބަރު
ސަރުކާރުގެ ޙަރަދުގައި ތިނަދޫގައި ހެދި ސާފިން ހަޓް ހުޅުވައިފި

ސަރުކާރުގެ އެހީގެ ދަށުން ތިނަދޫ ސިޓީގައި ހުވަދޫ ރެކްރިއޭޝަންއިން ގާއިމްކުރި ސާފިން ހަޓް ހުޅުވައިފިއެވެ.

އެ ޕްރޮޖެކްޓަކި 2023 ވަނަ އަހަރު މަދަނީ ޖަމިއްޔާތައް ބާރުވެރިކުރުމަށްޓަކައި “މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް އެމްޕަވަރމަންޓް” ގްރާންޓްގެ ދަށުން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓެކެވެ.

އެ ހަޓް ހުޅުވައި ދެއްވީ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ޝައްމާން އަދި ތިނަދޫގެ މޭޔަރ ސައުދު އަލީއެވެ.

މިނިސްޓްރީގެ ގްރާންޓްގެ ދަށުން އެ ޕްރޮޖެކްޓްއަށް 245،000 ރުފިޔާގެ ފައިސާގެ އެހީ ވަނީ ދީފައެވެ.

ޖަމްއިއްޔާގެ ފަރާތުން އެހެނިހެންގޮތުން ހޯދި އެހީއާއެކު ޕްރޮޖެކްޓައަށް 35،000 ރުފިޔާ ހަރަދުކުރިއިރު މި ޕްރޮޖެކްޓަށް ޖުމްލަ 280،000 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ސާފިން ހަޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސްޓޭޓް ޝައްމާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ވިސްނުމަކީ ބާރުވެރިކުރުވުންކަން ފާހަގަކުރައްވާ ޒުވާނުންނަށް ހާއްސަ މިނިސްޓްރީއެއް އުފެދި އެމިނިސްތްރީގެ ދަށުން ކުރަމުންދާ މައިގަނޑު މަސައްކަތަކީ ޒުވާނުންގެ ހުނަރާއި ޒުވާނުންގެ ބައިވެރިވުން މުޖުތަމައުގެ އެކި ކަންކަމުގައި ފުޅާކުރުމުގެ މަސައްކަތް ކުރުން ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި ޒުވާނުންގެ މިނިސްޓަރ އިބްރާހިމް ވަހީދުގެ ސީދާގެ އިރުޝާދުގެ ދަށުން ޒުވާނުންގެ ކަންކަން ރާވައި ހިންގަމުންދާއިރު ތިނަދޫގައި މިފަދަ ހަޓެއް އެޅުމުން ދައްކައިދެނީ ޒުވާނުން މުޖުތަމައުގެ ތަރައްގީގައި ބައިވެރިވާން ބޭނުންވާ މިންވަރު ކަމަށް ސްޓޭޓް ފާހަގަކުރެއްވިއެވެ.

ތިނަދޫގައި ހުޅުވި މި ހަޓާއެކު ތިނަދޫގެ ސާފިން ސަރަހައްދު އިތުރަށް ތަރައްގީކުރުމަށްޓަކައި ރަށުގެ ކައުންސިލާއި ގުޅިގެން ޒުވާނުން އިތުރަށް މަސައްކަތް ކުރުމަށް ސްޓޭޓް ޝައްމާން ބާރު އެޅުއްވިއެވެ.

This error message is only visible to WordPress admins
Error: There is no connected account for the user 17841448478311795.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!